ޓެކްނޮލޮޖީ

ޑާކް މޯޑް އަކީ ކޮބާ؟ އޭގެ ޙަޤީޤީ ބޭނުމާއ، ފައިދާ އެނގޭތަ؟

މިހާރުގެ ސްމާޓްފޯނުތަކާއި، ކޮމްޕިއުޓަރުގެ ވިންޑޯސްގައި އެންމެބޮޑު ސަމާލުކަމެއް ލިބިގެން ގޮސްފައިވާ އެއްފީޗަރ އަކީ ޑާކްމޯޑެވެ. ޑާކްމޯޑް ތަޢާރަފްކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ގާތްގަޑަކަށް ހުރިހާ އެޕްލިކޭޝަންތަކެއް ކަހަލަ ގޮތަކަށް ޑާކްމޯޑްގައި ބޭނުންކުރެވޭގޮތަށް ހެދުމުގެ ސިއްރަކީ ކޮބައިހެއްޔެވެ. ހަމަ ޔަޤީނުންވެސް އެނގޭކަމަކީ އެއީ ފައިދާއެއް ނެތް ހުސްކަމެއްކަމުގައިވާނަމަ ދުނިޔޭގެ ގިނަ ޑިވޮލޮޕަރުންގެ ސަމާލުކަން އެއަކަށް ގޮސް ނުހުއްޓޭނެކަމެވެ.

އާއެކެވެ. ޑާކްމޯޑަކީއެއްގޮތަށްވުރެ ގިނަގޮތްގޮތުން ފައިދާ އާއި، މަންފާ ތަކެއް ލިބިދޭ އެއްޗެކެވެ. އޭގެ ތެރެއިންވެސްއެންމެ މުހިއްމު ދެ ފައިސާއަކީ ޑާކް މޯޑްބޭނުންކުރާނަމަ ޑިވައިސްގެ ބެޓްރީ ދެގުނައަށް ސޭވުވުމާއި، ބޭނުން ކުރާ ޔޫސަރގެ ލޮލުގެ ސަލާމަތާއި، ރައްކާތެރިކަމެވެ.

ސްކްރީން ޓައިމްއިތުރުވުމުގެ ސަބަބުން ވަރަށްގިނަބައެއްގެ ލޮލުގެ މައްސަލަ މިހާރުވަނީ ކުރިމަތިވެފައެވެ. އަދި ވަކިން ޚާއްޞަކޮށް ކުޑަކުދިންގެ ލޮލަށް އުނދަގޫވާތީ އެކަމުގެ ޝަކުވާވަނީ ހުރިހާ ހިސާބެއްގައިވެސް ވަރަށްބޮޑުތަން އިތުރުވެފައެވެ.

ބެލެނިވެރިންނާއި، އެކުދިންގެ ބަލަދުވެރިންގެ ވަރަށްބޮޑު ބޮލުގައި ރިއްސުމަކަށް ވެފައިވާ ސްކްރީން ޓައިމް އިތުރުވުމުގެ މައްސަލައަށް ޑާކްމޯޑްގެ ސަބަބުން މިވަނީ ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ގެނެސްދީފައެވެ.

ޑާކްމޯޑަކީ ހަމައެކަނި ސްމާޓް ޑިވައިސްތައް ސްމާޓްކުރުވަން ކުރި ކަމެއްގައިބުނެވޭކަށް ނެތެވެ.  ހުރިހާ އެޕްލިކޭޝަނެއް އަދި ވިންޑޯޒް އެޕްލިކޭޝަންތައް ޑާކްމޯޑްގައި ބޭނުންކުރެވޭގޮތަށް މިހާރު އެދަނީ ފަރުމާކުރަމުންނެވެ.  

ޑާކް މޯޑަށް ބަދަލުކުރުމުން ވާ ގޮތަކީ، ހުދު ކަޅަށް އަދި ކަޅު ހުދަށް ބަދަލުވުމެވެ. މިއީ މިހާރު ސްމާޓް އެޕްލިކޭޝަންތަކުގައި ކޮންމެހެން ހުރުން ލާޒިމް ސިފައަކަށް ވަނީ މިހާރު ވެފައެވެ.

އައިފޯން/ އައިޕެޑަށް ޑާކް މޯޑެއް އަދި ނާދެ އެވެ. ނަމަވެސް، ލޮލަށް އުނދަގޫވާނަމަ، ޑިވައިސްގެ ސެޓިން މެނޫ އަށް ވަދެ، ސްކްރީން އެކްސްރޭކުރެވެ އެވެ. މިއީ ލޮލަށް އުނދަގޫވާނަމަ ނުވަތަ ޑާކް މޯޑް ލިބެންދެން ހެދިދާނެ މަކަރެކެވެ.

އަހަރެމެންގެ ތެރޭގައި އެންމެ ގަދަ އަށް ހިނގާ އެޕްލިކޭޝަންތައް، ވައިބާ، ޓެލެގްރާމް، ޖީމެއިލް، ފޭސްބުކް މެސެންޖާ، ޔޫޓިއުބް، އަދި އެންޑްރޮއިޑް މެސެންޖަރ ގައިވެސް މިހާރު އެވަނީ ޑާކްމޯޑް ހިމަނާފައެވެ.

ނިދަންވީމާ ނިދާ ކޮޓަރި ތެރެ ވެސް ބަދަލުކޮށްލަނީ ޑާކް މޯޑަށެވެ. ޑާކް މޯޑްގެ އެންމެ ކުރު ތައާރަފަކީ އެއީ އެވެ.

ޑާކް މޯޑްގެ އަސްލު ބޭނުމާއި ފައިދާ އެނގޭނަމަ ޑާކްމޯޑް ނޫން އެހެން އެއްޗެއް މިހާރު ބޭނުމެއް ނުކުރީހެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close