ޓެކްނޮލޮޖީ

ސެމްސަންގް އެސް21 ގެ ބައެއް ފީޗަރތައް ލީކްވެއްޖެ

ސެމްސަންގް އެސް21 ގެ ބައެއް ފީޗަރތައް ލީކްވެއްޖެކަމަށް މިފަދަ ޚަބަރުތައް ގެނެސްދޭ ބައެއް ސައިޓްތަކުން ރިޕޯޓްކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސްމާޓްފޯނުގެ ވިޔަފާރީގައި އެންމެ ނަގާކިޔާ އެއް ކުންފުނި ކަމަށްވާ ދެކުނު ކޮރެއާ ސެމްސަންގުން މިހާރު އެ ކުންފުނީގެ އެސް ސީރީޒްގެ އެސް21 ނެރެން ތައްޔާރުވަމުންއަންނައިރު އެފޯނުގެ ގިނަފީޗަރތަކެއް ވަނީ ލީކްވެފައެވެ.

ދެކުނު ކޮރެއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުރިން ޑިސެމްބަރުގެ ފަހުކޮޅުނެރެން ހަމަޖެހިފައިވާ އެސް21 ނެރޭނެ ކަމަށް ބެލެވެނި އަންނައަހަރުގެ ޖެނުއަރީގައެވެ.

ދި އިލެކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެސް21 ގެ ތިން މޮޑެލްއެއް ނެރޭނެ އެވެ. އަދި އެ އެއްޗެހީގެ ނަމަކީ އޯ1 (ގެލެކްސީ އެސް21)، ޕީ3 (ގެލެކްސީ އެސް21+) އަދި ޓީ2 (ގެލެކްސީ އެސް އަލްޓްރާ) އެވެ. އަދި ފަސް ކުލައަކުން މި މޮޑެލްތައް އަންނާނެ ކަމަށްވެ އެވެ. އެއީ ގްރޭ، ޕިންކް، ސިލްވާ، ވައިލެޓް އަދި ވައިޓެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން އެސް21 ސީރީޒްގެ ފޯނުތަކުގެ ތެރެއިން ކޮންމެވެސް އެއް މޮޑެލްއެއްގެ ސެލްފީ ކެމެރާ އިންނަނީ ނުފެންނަ ގޮތަށް ޑިސްޕްލޭ ދަށުގަ އެވެ. އޭގެ އިތުރުން އެސް 21 ރެމްގައި 12 ޖީބީ ހުންނާނެކަމަށް ބެލެވެއެވެ.

އޭގެ ޕްރޮސެސަރ އަކީ އެކްޒައިނޮސް 9   އޮކްޓަ 990 ކަމަށްވެސް ލަފާކުރެއެވެ. ބެޓްރީއަކީ 3880 މިލީއެމްޕަޔަރ ކަމަށް ވަނީ ރިޕޯޓްތަކުގައި ފާހަގަކޮށްފައެވެ. އަދި އެފޯނުގެ ޑިސްޕްލޭ ސައިޒަކީ 6.2 އިންޗިއެވެ.

2021 ޖެނުއަރީ ކުރީކޮޅު ނެރޭނެކަމަށް ލަފާކުރެވޭ މިފޯނުވެގެންދާނީ މިކަމުގެ މާހިރުން ލަފާކުރާގޮތުގައި ސެމެސަންގ ކުންފުނިންނެރޭ އެސްސީރީސްގެ އެންމެ ސަޅި ފޯނަށެވެ.

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close