މަޝްހޫރު ސޯޝަލް މީޑިއާ އިންސްޓަގްރާމްގެ ލޮގިންއަށް ބަދަލެއް ގެންނަން ޓެސްޓްތައް ހަދަމުން ދާކަމަށް ޓެކް ރިޕޯޓްތަކުން ބުނެފިއެވެ. އިންސްޓަގްރާމްގައި އަލަށް އިތުރުކުރާ މި ފީޗަރގެ ނަމަކީ “މެއިންއެކައުންޓް” އެވެ. ގިނަ އެކައުންޓްތައް ބޭނުންކުރައްވާ ފަރާތްތަކުން އެކައުންޓްތައް ލިންކް ކޮށްލުމަށްފަހު މައި އެކައުންޓް ސެޓްކޮށްލީމަ ނިމުނީއެވެ. މެއިން އެކުންޓުން ލޮގިން ވުމުން ދެން އިތުރު އެކަންޓްތަކުން އަލުން ލޮގިންނުވެ ބޭނުންކޮށްލެވޭނެއެވެ. އޭރުން ބައިވަރު އެކައުންޓްތައް މެނޭޖްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.

އިންސްޓަގްރާމް، މެސެންޖާ އަދި ވަޓްސްއެޕް ގުޅުވާލުމަށްޓަކައި މަޝްވަރާކުރަމުން އަންނަ ކަމަށް މިދިޔަ ހަފްތާގައި ވަނީ ޚަބަރުފެތުރިފައެވެ.

މޯބައިލް އެޕްލިކޭޝަންގެ ތެރެއިން އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓް ބޭނުން ކުރެވޭ ގޮތަށް އިންސްޓަގްރާމްގެ ފަރުމާ ބަދަލުކުރާނެކަން މީގެ ކުރިންވެސް އިންސްޓަގްރާމުން ވަނީ ހާމަކޮށްފައެވެ.

މަހެއްގެ މައްޗަށް އެވަރެޖްކޮށް 300 މިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ފޮޓޯ ޝެއަރ ކުރާ ސޯޝަލްމީޑިއާ ވެބްސައިޓް އިންސްޓަގްރާމް، ފޭސްބުކް ކުންފުނިން 9 އޭޕްރީލް 2012 ގައި ގަނެފައިވާއިރު، އެ ކުންފުނިން ދަނީ އިންސްޓަގްރާމްގެ މަޤުބޫލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކެނޑިނޭޅި ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close