ޓެކްނޮލޮޖީ

މާދަމާއިން ފެށިގެން ގޫގުލް މީޓްބޭނުންކުރެވޭނީ މެދުނުކެނޑި އެއް ގަޑިއިރު

ވާޗުއަލްކޮށް މީޓިންތައް ބޭއްވޭ ގޮތަށް ފަރުމާކޮށްފައިވާ އެޕްލިކޭޝަން ތަކުގެ ތެރެއިން އެނެމ ބިނަބަޔަކު ބޭނުންކުރަމުން އަންނަ ގޫގުލް މީޓް މާދަމާއިން ފެށިގެން ބޭނުންކުއެވޭނީ ހިލޭބޭނުންކުރާނަމަ މީޓިން މެދުނުކެނޑި 1 ގަޑިއިރު ވަންދެންނެވެ. 1 ގަޑިއިރު ހަމަވުމުން ދެން ޖެހޭނީ އަލުން އެހެން ލިންކެއް ކްރިއޭޓްކޮށް އަލުން ވަންނާށެވެ.

ޓައިމް ލިމިޓެއް ނެތް ގޮތަށް ގޫގުލް މީޓް ހިލޭ ބޭނުންކުރެވޭ ގޮތަށް ކަސްޓަމަރުންނަށް މިއަހަރުގެ އެޕްރީލް މަހު ދޫކޮށްލުމަށް ފަހު މާދަމާއިން ފެށިގެން އަނެއްކާވެސް ކުރީގެ އުސޫލަށް ބަދަލުކުރަން ގޫގުލްއިން ނިންމާފައިވާއިރު ގޫގުލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 30ގެ ފަހުން ޓައިމް ލިމިޓަކީ ކުރިއެކޭ އެއްގޮތަށް ގަޑިއެއްހާއިރު ކަމަށެވެ. މެދުނުކެނޑި ބޭނުންކުރެވޭނީ ލާރިދައްކައިގެން ކަމަށެވެ.

މިހާރުވެސް ޒޫމް ފަދަ މަޝްހޫރު އެހެން ބައެއް އެޕްލިކޭޝަން ބޭނުންކުރެވެނީ އެގޮތަށް ލިމިޓްކޮށެވެ. ލިމިޓެއް ނެތް ގޮތަށް ގޫގުލް މީޓްގެ ފްރީ ވާޝަން ބޭނުންކުރެވޭ ގޮތް ހެދީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ބަޔަކު ގޭތެރޭގައި ބަންދުވެފައި ތިބެން ޖެހުމާ ގުޅިގެން ދިން ލުޔެއްގެ ގޮތުގަ އެވެ.

ކޮވިޑްގެ ބަލިމަޑުކަމާގުޅިގެން ސްކޫލްތަކާއި، ކޮލެޖްތަކާއި، އަދި އޮފީސްތަކުގައިވެސް ވާރޗުއަލް ކޮންފަރެންސްގެ ޑިމާންޑްމިވަނީ ވަރަށްބޮޑު ވެފައެވެ.  އޭގެ ތެރޭގައި އޮފީސް ބައްދަލުވުންތަކާއި ވެބިނާތަކާއި ވިޔަފާރީގެ ބޭނުންތަކަށާއި ދަރިވަރުންނަށް ކުލާސްތައް ނަގައިދިނުން ފަދަ ކަންކަމަށް މިހާރު ގޫގުލް މީޓް އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރެ އެވެ.

ޓައިމް ލިމިޓެއް ނެތް ގޮތަށް ގޫގުލް މީޓް ދޫކޮށްލި އިރު އެއްފަހަރާ މީޓްކުރެވޭ މީހުންގެ އަދަދުވެސް ވަނީ ލިމިޓެއްނެތި ދޫކޮށްލައިފައެވެ.

ނަމަވެސް މި މަހުގެ 30ގެ ފަހުން ގޫގުލް މީޓުން މިބަދަލު ގެންނައިރު އަންނާނެ އަނެއް ބަދަލަކީ އޭގެ އެޑްވާންސް ވާޝަން ޖީ ސޫޓް ވެސް ނުލިބުމެވެ. އެ ވާޝަނުގައި އެއްފަހަރާ 250 މީހުންނާ އެކު މީޓިންތައް ބާއްވައި އެއް ޑޮމައިންގައި 100،000 އެއްހާ މީހުންނަށް ލައިވް-ސްޓްރީމްކޮށްލެވެ އެވެ.

ޖީ ސޫޓްވެސް ބޭނުންކުރެވެނީ ލާރިދައްކައިގެންނެވެ. އެއަށް މަހަކު 25 ޑޮލަރުގެ ފީއެއް ދައްކަން ޖެހޭނެ ކަމަށް ގޫގުލްއިން ނެރުނު ބަޔާނުގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close