ޕްރައިވެޓް މެސެޖް ފޮނުވޭ ފީޗަރ އެއް, ކްލަބްހައުސް އިން ލީކްވެއެޖެ!
މަޝްހޫރު ލައިވް އޯޑިއޯ އެޕްލިކޭޝަނެއް ކަމަށްވާ ކްލަބްހައުސް އިން ޕްރައިވެޓް މެސެޖް ކުރެވޭ ފީޗަރ އެއް ލީކް ވެއެޖެކަމުގެ ވާހކަތައް އިންޓަރނެޓް ގައި ދަނީ ދައުރު ވަމުންނެވެ.
އެންމެ ބޮޑަށް ދައުރުވެފައިވާ ވާހަކައަކީ، ކްލަބްހައުސް އިން މި ފީޗަރ ނެރެން މި އުޅެނީ ފޭސްބުކް އިން ކްލަބްހައުސް ކޮޕީ ކޮށް ޕޮޑްކާސްޓް އަދި ލައިވް އޯޑިއީ ފީޗަރ ގެނެސްފާވާތީވެ، ފޭސްބުކް އަށް ވުރެ ކުރިއަށް ކްލަބްހައުސް ޖައްސާލަންވެގެންނެވެ.
މި ފީޗަރ ލީކް ވީ ކިހިނެއްހެއްޔެވެ؟
މީގެ ހަފްތާ އެއް ހާކުރިން ކްލަބްހައުސް އިން ވަނީ އޮޅިގެން އަޕްޑޭޓެއް ނެރެފައެވެ. މި އަޕްޑޭޓް ލިބުން ފަރާތްތަކަށް މެސެޖިންގ ފީޗަރ އަކާއި ބެކްޗެނަލްކިޔާ ފީޗަރއެއް ވަނީ ލިބިފައެވެ.
މިދިޔަ ހުކުރު ދުވަހު މި ލީކްވި އަޕްޑޭޓުގެ ވަރަށް ގިނަ ސްކްރީންޝޮޓް ތަކާއި ރިކޯރޑިންގްސް ވަނީ ޓުވިޓާރގައި ދައުރުވެފައެވެ. ތިރީގައި އެވާ ސްކްރީން ރިކޯރޑިންގ އިން ފެންނަ ގޮތުގައި މި ބެކްޗެނަލް ފީޗަރ އަކީ އޯޑިއޯ ގެ ބަދަލުގައި އެހެން ފަރާތްތަކަށް ސީދާ އެ މީޓިންގައި އިދެފައި ޗެޓް ކުރެވޭ ފީޗަރއެކެވެ.
ނަމަވެސް މި ފީޗަރ އަދީ ރިލީޒް އެއް ނުކުރެއެވެ. އެއީ މަތީގައި އެވާ ސްކްރީން ރެކޯރޑިންގ އިން ފެންނަ ގޮތުން މި ފީޗަރ އެއްކޮށް ހަދާ ނުނިމޭތީއެވެ. މިހެންވެ އޮޅިގެން މީތި ނެރެވިފައިވާ ކަން އެގުމުން ކްލަބްހައުސް އިން އެ އަޕްޑޭޓް ވަނީ ރިމޫވްކޮށްފައެވެ.
މި އަޕްޑޭޓް އަލުން ޕަބްލިކް އަށް ރިލީޒް ކުރާނެ ދުވަހެއް ކްލަބްހައުސް އިން ހާމަ އެއް ނުކުރެއެވެ.
އެޑިޓަރުގެ ނޯޓް:
މިލިޔުމަކީ raajje.tech އިން ނަކަލް ކޮށްފައިވާ ލިޔުމެކެވެ.
