ޓެކްނޮލޮޖީ

އެޕަލް އައިފޯން 14 ގެ ރީޑިޒައިން އާއި އާ ކުލަތައް ލީކުވެއްޖެ

އެޕަލް އައިފޯން 14 ގެ ރީޑިޒައިން އާއި އާ ކުލަތައް ލީކުވެގެން ހާމަވެއްޖެ އެވެ.

ކުރުކޮށް ބުނާނަމަ: އާ އައިފޯން 14 ލައިނަޕްގެ އިންތިޒާރު ބޮޑުވަމުންދާއިރު، އާ ލީކްގެ ސަބަބުން އެޕަލްގެ ލޯންޗް އިވެންޓުގެ ކުރިން ފައިނަލް ޑިޒައިން ހާމަވެދާނެ އެވެ.

މި ލީކުގައި ފެންނަނީ އައިފޯން 14 ޕްރޯގެ ޑައުއަލް ޕަންޗްޑް ހޯލް ޑިޒައިން އާއި ތަފާތު އޭންގަލްތަކުން ބަލާއިރު ކުލަ ޓޯން ބަދަލުކޮށްދޭ އާ ޝިމަރިންގ ޕާޕަލް ފިނިޝިންއެކެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެޕަލް އިން ބާއްވާ ހާއްސަ “ފާ އައުޓް” އިވެންޓުގައި އައިފޯން 14 ސީރީޒް އިއުލާން ކުރާނެ ކަމަށް ބެލެވުނު އިރު، އަދިވެސް އަޑުތައް ދަނީ ވަރުގަދަ ވެގެންނެވެ. އެންމެ ފަހުން ލީކުވެފައިވަނީ ޗައިނާގެ ސޯޝަލް މީޑިއާ ވެބްސައިޓް ވެއިބޯގައި ޗައިނާގެ ޓިޕްސްޓަރު ޑޫއަންރޫއީ އާންމުކުރި ޝޯޓް ހޭންޑްސް ވީޑިއޯއަކުންނެވެ. އެ ވީޑިއޯއިން އައިފޯން 14 ގެ ރެޑިކަލް ރީޑިޒައިން އާއި އާ ކުލަތަކަށް އިޝާރާތް ކުރެ އެވެ.

ޑަމީ އައިފޯން ޕްރޯ 14 ޔުނިޓް ފައިނަލް ޑިޒައިން އާއި ވައްތަރު ވެދާނެ ކަމަށާއި، މިއީ ނޮޗްޑް ޑިޒައިން އިން ޕަންޗްޑް ހޯލް ޑިޒައިން އަށް ބަދަލުވުން ފަދަ ކުރީގެ ލީކްތައް އަލުން ކަށަވަރުކޮށްދޭ އެއްޗެކެވެ. އަދި އާ ވިދާ ޕަރޕްލް ކުލައެއް ވެސް ހާމަވެގެންދެއެވެ. އެކި އޭންގަލްތަކުން ބަލާއިރު ފިނިޝިން ޓޯން ބަދަލުވާހެން ހީވެއެވެ.

ޑޫއަންރޫއީ ވަނީ ވެއިބޯގެ ސިލްސިލާ ތަސްވީރުތަކެއް ވެސް ރީޕޯސްޓްކޮށްފައެވެ. އެ ތަސްވީރުތަކުން ކުލަތަކާއި ޑައުއަލް ޕަންޗްޑް-ހޯލް ޑިޒައިންއާ ބެހޭ އިތުރު މައުލޫމާތު ލިބިގެންދެއެވެ. އެއް ރެންޑަރެއްގައި އައިފޯން 14 ފެންނަނީ ޕާޕަލް، ބްލޫ، ގްރެފައިޓް، އަދި ގޯލްޑް ކުލައިންނެވެ. މި ފޮޓޯތައް ކަށަވަރު ނުވާއިރު، ބައެއް ލީކަރުން ވަނީ އެ ފޮޓޯތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދާފައެވެ.

ޑައުއަލް ޕަންޗްޑް ހޯލް ޑިޒައިންގެ ސްކްރީނުގައި ސާކިއުލާ އަދި ޕިލް ޝޭޕްޑް ކަޓައުޓެއް ހުންނައިރު، ކުރީގެ އައިފޯނުތަކުގައި ހުރި ނޮޗް އާއި ދުރަށް ޖެހިފައިވެ އެވެ. ފުރަތަމަ ހީކުރި ވަރަށް ވުރެ ތަންކޮޅެއް ބޮޑު ލޯވަޅުތައް ފެންނައިރު، އައިފޯނުނަށް އާ  ގެންގުޅޭ ފަރާތްތަކަށް މިޑިޒައިންއާ މެދު ޝައްކު ކުރެވެ އެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި އެޕަލް އިން މި އާ ސެޓަޕް ބޭނުންކުރާނީ ހަމައެކަނި ޕްރޯ މޮޑެލްތަކުގައި ކަމަށާއި، ސްޓޭންޑަޑް އައިފޯނުތަކުގައި އާދަޔާ ޚިލާފު ސްކްރީން ކަޓައުޓް ހިފަހައްޓާފައި ވެއެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި ލީކުވެފައިވާ އެހެން ބައެއް ފީޗާތަކާއި އަޕްގްރޭޑްތައް ވެސް ވަނީ ފެންމަތިވެފަ އެވެ. އަޑުތައް ފެތުރިފައިވާ ގޮތުގައި ޕްރޯ މޮޑެލްތަކުގައި 48އެމްޕީގެ ޕްރައިމަރީ ކެމެރާއަކާއި އަބަދުވެސް އޮން ޑިސްޕްލޭއެއް ހުންނާނެ ކަމަށާއި އައިފޯން 14 ގެ ހުރިހާ މޮޑެލްތަކެއްގައި ވެސް އާ ސެލްފީ ކެމެރާއެއް ހިމެނިދާނެ ކަމަށް ބެލެވެއެވެ.

އެޕަލް އިން ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެޕަލް ޕާކުގައި ބާއްވާ “ފާ އައުޓް” އިވެންޓް ބާއްވާއިރު، އާ އައިފޯން 14 ލައިނަޕްގެ އިތުރުން އެޕަލް ވޮޗް ސީރީޒް 8 ނެރޭނެ ކަމަށް ވެސް ފޭނުންނަށް އުންމީދު ކުރެވޭނެ އެވެ.

އިމޭޖް ކްރެޑިޓް: nl.letsgodigital.org

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close