އައިފޯން 13 މިހާރު ގަންނާނީތޯ ނުވަތަ އައިފޯން 14 ނުކުންނަންދެން މަޑުކޮށްލާނީތޯ؟
އައިފޯން ބޭނުންކުރަމުން އަންނަ ފަރާތްތަކަށް މިފަހަކަށްއައިސް އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ އަލަށް ނުކުންނަ އައިފޯން ގަންނަން އަބަދުވެސް މަޑުކޮށްގެން އިންތިޒާރު ކުރަންތިބެންޖެހުމެވެ. ފެށުނީއްސުރެވެސް އެވްރެޖް ގޮތެއްގައި އެންމެން އަގުބޮޑު ފޯނަކަށް އައިފޯން ވެފައިވާއިރު އަހަރަކު ފޯނެއް ކަހަލަ ގޮތަކަށް މިހާރު އެޕަލް ކުންފުނިންވެސް ފޯނުތައް އުފައްދަމުން ބާޒާރަށް ނެރެމުން އެބަދެއެވެ. އެގޮތުން މިހާރުވެސް އައިފޯނު ޔޫޒަރުންގެ އެންމެ ބޮޑު އެއްސުވާލަކީ އައިފޯން 13 މިހާރު ގަންނާނީތޯ ނުވަތަ އައިފޯން 14 ނުކުންނަންދެން މަޑުކޮށްލާނީތޯ؟ މިސުވާލެވެ.
މިސުވާލުގެ ޖަވާބު ހޯދުމަށް ވިސްނަމުންދާއިރު ފާހަގަ ވެގެންދަނީ އެޕަލް ފޯނުތަކުގެ ތެރެއިން އައިފޯން 13 ގައި ހުރި މޮޅު ފީޗާރަސްތަކަށް ބަލާއިރު މިހާރު ބާޒާރުގައި ހުރި އެންމެ މޮޅު އެއް ފޯނަކީ އެއީ ކަމުގައި ގިނަމީހުން ޤަބޫލުކުރުމެވެ. އެހެން އެކަން އޮވެފައިމެ ދެން ނުކުންނާނެ އައިފޯން 14 ގެ ހުންނާނެ ފުރިހަމަކަމާމެދުވެސް ޚިޔާލު ކުރެވެއެވެ. އަދި އެއީ މާކަދިގު އިންތިޒާރެއް ވެސް ނުމެ ނޫންމެއެވެ. އަންނަ އަހަރު އަންނަންދެން މަޑުކޮށްލާން ވީއެވެ. މިހުރީ ހައްތާވެސް ޚިޔާލަށް އަންނަ ވިސްނުންތަކެވެ.
ޓެކްނޮލޮޖީގެ ވެބްސައިޓްތަކުން ބުނާގޮތުން އައި ފޯން 13 އުފެއްދުމުގައި ސަޕްލައި ޗެއިންގެ މައްސަލަތަކުގެ ސަބަބުން އެޕަލް އިން ވަނީ ގިނަ ޓެކް ކުންފުނިތަކެއް ވެސް ހިމަނާފަ އެވެ. އައިފޯން 13 ހެދުމަށް ބޭނުންވާ ހުރިހާ ބައިތަކެއް ލިބުމުގައި އެޕަލް އަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ. ނަތީޖާއެއްގެ ގޮތުން އައިފޯން 13 ގެ ސަޕްލައި ތައް، ހާއްސަކޮށް ޕްރޯ މޮޑެލްތަކަށް ލިމިޓް ވެއެވެ.
މި ލިމިޓް ތަކާއެކުވެސް އައިފޯން 13 ގައި ވަނީ މީގެ ކުރިން އެޕަލްގެ ފޯނެއްގައި ހިމަނާފައި ނުވާހާ މޮޅެތި ފީޗަރސް ތަކެކެވެ. އެގޮތުން އައިފޯން 13 ގައި ކުރީގެ ފޯންތަކަށް ވުރެ ހަލުވި އޭ15 ޗިޕަކާއި، ކުރިއަށް ވުރެ އަލިގަދަ ޑިސްޕްލޭއެއް އަދި ކުރިއަށް ވުރެ 2.5 ގަޑިއިރު އިތުރަށް ބެޓެރީގެ ބާރު ހިފަހައްޓާނެ އެވެ. އޭގެ އިތުރުން މި ފޯނު ތައާރަފު ކުރީ އާ ކުލަތަކާ އެކު އެވެ. އެއީ ފިޔާތޮށި، ނޫ، މިޑްނައިޓް، ސްޓާލައިޓް އަދި ރަތް ކުލަ އެވެ.
އައިފޯން 13 ގައި 500 ޖީބީގެ ސްޓޯރޭޖް ހުންނާނެ އެވެ. ކުރީގެ މޮޑެލްތަކުގައި އެންމެ ކުޑަ ސްޓޯރޭޖެއްގެ ގޮތުގައި ހުރީ 64 ޖީބީ އެވެ. ނަމަވެސް މި ފޯނުގައި ވަނީ 128 ޖީބީއަށް މަތިކޮށްފަ އެވެ.
އެޕަލް އިން ބުނީ ތިމާވެއްޓާ ރައްޓެހިކޮށް ފޯނު ތައްޔާރު ކުރުމަށް ވިސްނި ކަމަށެވެ. އެގޮތުން އައިފޯން 13 ގެ އެންޓެނާ ލައިންތައް އުފެއްދީ ޕްލާސްޓިކް ފުޅިންނެވެ.
އައިފޯން 13 އާއެކު އައިފޯން 13 މިނީ، ޕްރޯ އަދި ޕްރޯ މެކްސް ވެސް ވަނީ ލޯންޗުކޮށްފަ އެވެ.
އައިފޯން 13 ޕްރޯ އާއި ޕްރޯ މެކްސްގައި ތިން ކެމެރާ ހިމެނެ އެވެ. އެޕަލް އިން ބުނާ ގޮތުގައި އެއީ އެ ކުންފުނިން މިހާތަނަށް ލޯންޗުކުރި އެންމެ އެޑްވާންސްޑް ކެމެރާ ސިސްޓަމް އެވެ.
މިހުރިހާ މޮޅުކަމަކާ އެކުވެސް އައިފޯން 14 ނުކުންނާނެ ދުވަހަކަށް ހަމަ އިންތިޒާރު ކުރާނީހެއްޔެވެ. އައިފޯން 13 މިހާ ފުރިހަމަ ވެފައިވާއިރު އަދި އައިފޯން 14 ގެ ފީޗާސްތައް ހާދަހާ ފުރިހަމަވާނެއެވެ.

