ވަޓްސްއެޕް އިން އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށްވެސް ނޮޓިފިކޭޝަންތަކުގައި ޕްރޮފައިލް ފޮޓޯތައް ތައާރަފު ކުރަނީ
ވަޓްސްއެޕް އިން ވަރަށް އަވަހަށް އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށްވެސް ނޮޓިފިކޭޝަންތަކުގައި ޕްރޮފައިލް ފޮޓޯތައް ތައާރަފު ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ވަޓްސްއެޕުން ދަނީ 2022 ވަނަ އަހަރުގެ ފުރަތަމަ ބޮޑު ފީޗާގެ މަސައްކަތް ކުރަމުންނެވެ. މި ފީޗާއަކީ މީހަކު މެސެޖެއް ފޮނުވާ ކޮންމެ ފަހަރަކު ނޮޓިފިކޭޝަންތަކުގައި ވަކި ވަކި ކޮންޓެކްޓްތަކާއި ގްރޫޕްތަކުގެ ޑިސްޕްލޭ ފޮޓޯތައް އެޑްކުރުމަށް ތައްޔާރުކޮށްފައިވާ ފީޗާއެކެވެ.
“ވާބީޓާއިންފޯއިން” ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފީޗާ ވަޓްސްއެޕްގެ އައިއޯއެސް ބީޓާ ޓެސްޓަރުންނަށް ރޯލްއައުޓް ވާން ފަށާފައި ވަނީ، އެ އެޕްގެ އައިއޯއެސް 15 އަދި ވާޝަން 2.22.1.1 ގައެވެ.
ވަޓްސްއެޕްގައި އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކުން ސިސްޓަމް ނޮޓިފިކޭޝަންތަކާ އެކު ޕްރޮފައިލް ފޮޓޯތައް ޑިސްޕްލޭ ކުރުމުގެ ގާބިލްކަން މީގެ އަހަރުތަކެއް ކުރިން ވެސް ލިބިފައިވާ އިރު، މިހާރު އެންމެ ފަހުން މި ފީޗާ ގެ ސަބަބުން އައިއޯއެސް އަށް ވެސް މަގު ފަހިވަމުން އަންނަ ކަމަށް ބެލެވެ އެވެ. އާ ފީޗާ އެއް ހެދުމުގެ ޚަބަރުތައް ތިލަވެފައިމިވަނީ ވަޓްސްއަޕްގެ އައު ފީޗާއަކަށް ޔޫސަރުން އިތންތިޒާރު ކުރާތާ ދުވަސްތަކެއް ފަހުންނެވެ.
ވަޓްސްއެޕް އިން ވަނީ ޗެޓްތަކާއި ގްރޫޕްތަކުން އާ މެސެޖުތައް ލިބުމުން ނޮޓިފިކޭޝަންތަކުގައި ޕްރޮފައިލް ފޮޓޯ ހިމެނުމަށް ސަޕޯޓް އިތުރުކޮށްފަ އެވެ.
ވާބީޓާއިންފޯ އިން ބުނާ ގޮތުގައި މި ފީޗާ މިހާރު ހުރިހާ ބީޓާ ޓެސްޓަރުންނަށް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ޓްރެކަރ އިން ވެސް ބުނަނީ މި ފަންކްޝަން ބޭނުން ކުރެވިދާނެ މީހުންނަށް ވެސް ބީޓާގައި ހުންނަ ފަދައިން މައްސަލަތައް ކުރިމަތިވެދާނެ ކަމަށެވެ.
ވަޓްސްއަޕުން އެމީހުންގެ އެޕަށް އިތުރު ތަރައްޤީ ގެންނަމުންދާއިރު، ކުންފުނީގެ ކޮމްޕްލަޔަންސް ރިޕޯޓުގައިވާ ގޮތުން، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވަޓްސްއެޕް އިން އިންޑިއާގެ 1.75 މިލިއަނަށް ވުރެ ގިނަ އެކައުންޓް ވަނީ މަނާކޮށްފަ އެވެ.

