ޓެކްނޮލޮޖީ

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމް އިލޯން މަސްކަށް ގެއްލިއްޖެ

މިލްކިއްޔާތުގައި 340 ބިލިއަން ޑޮލަރަށްވުރެ ގިނައިން ހުރި އީލޯން މަސްކް އެތައް ޒަމާނެއް ވަންދެން ދުނިޔޭގެ އެންމެ މުއްސަނިދި މީހާގެ މަޤާމް ދިފާޢު ކުރަމުންއައިސް އޭނާއަށް އެމަޤާމް ގެއްލިއްޖެއެވެ.
ސްޕޭސްއެކްސް އާއި ޓެސްލާގެ ވެސް ސީއީއޯ މަސްކް ވައްޓާލުމަށްފަހު މިހާރު ދުނިޔޭގެ އެންމެ މުއްސަނދި މީހަކީ މަޝްހޫރު ލަގްޒަރީ ބްރޭންޑް ލުއީވުޓޯންގެ ވެރިޔާ ބާނާޑް އާނޯލްޓް އެވެ. އޭނާގެ މިލްކިއްޔާތަކީ 172 ބިލިއަން ޑޮލަރެވެ.
ބްލޫމްބާގް ބިލިއަނަރސް އިންޑެކްސްއިން ދައްކާ ގޮތުގައި އުމުރުން 51 އަހަރުގެ އެލޮން މަސްކްގެ މުއްސަނދިކަން ޖެނުއަރީ މަހުން ފެށިގެން ދަށަށް ގޮސް 168.5 ބިލިއަން ޑޮލަރަށް ވަނީ ވެއްޓިފަ އެވެ.

2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރޭންކިންގެ އެއްވަނައިގައި ހުރި މަސްކް ރޭންކިންގެ އެއްވަނައިގައި އޮތުމަށްފަހު، ފުރަތަމަ ފަހަރަށް މަސްކް ވެއްޓުނީ 44 ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމުންނެވެ. އަދި މަސްކްގެ އިލެކްޓްރިކް ކާރު އުފައްދާ ކުންފުނި ޓެސްލާގެ ހިއްސާވެސް މި އަހަރު ވަނީ 50 ޕަސެންޓަށް ވުރެ ދަށަށް ގޮސްފައެވެ.

ޓްވިޓާ އެއްބަސްވުމުން ސަލާމަތްވާން މަސްކް އެތައް މަހެއް ވަންދެން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފަ އެވެ. އޭނާ ވަނީ ޓެސްލާގެ 15 ބިލިއަން ޑޮލަރަށް ވުރެ ގިނަ ޑޮލަރުގެ ހިއްސާ އޮފްލޯޑްކޮށްފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހު ޓްވިޓާ އެކުއިޒިޝަން ފައިނަލް ކުރުމާއެކު ބްލޫމްބާގް ވެލްތް އިންޑެކްސް އިން އޭނާގެ މުއްސަނދިކަމުން 10 ބިލިއަން ޑޮލަރު ދަށަށް ގޮސްފައިވާއިރު، އޭނާ ބިޑް ކުރި ފަހުން އެފަދަ ވިޔަފާރިތަކުގެ ހިއްސާ ދަށަށް ގޮސްފައިވާކަން ދައްކުވައިދެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close