މަރުވެފައިވާ އިންސާނުންގެ ގުނަވަންތައް އަލުން ބޭނުންކުރުމުގެ އަލިމަގެއް ސައިންސްވެރިން ހޯދައިފި
މަރުވުމަށްފަހު ގިނައިރުވެފައިވީނަމަވެސް ގުނަވަންތައް އަލުން ދިރުއްވޭނެ ގޮތެއް ސައިންސްވެރިން ހޯދައިފިއެވެ.
އެމެރިކާގެ ޔޭލް ޔުނިވާސިޓީގެ ދިރާސާކުރާ ފަރާތްތަކުން ވަނީ މަރުވިފަހުން ގަޑިއެއްހާއިރު ވެފައިވާ ޖަނަވާރުގެ ބައެއް ސެލްތަކާއި ޓިޝޫތައް ދިރުވުމަށް ކަސްޓަމް ޑިވައިސްއެއް ބޭނުންކޮށް ކާމިޔާބު ކަމާއެކު އެކްސްޕެރިމެންޓެއް ހަދާފަ އެވެ.
ސައިންސްވެރިންގެ މިރިސާރޗްގައި ބުނެފައިވަނީ އެކްސްޕެރިންމެންޓްގައި ބޭނުންކުރި ޖަނަވާރުތަކަށް ހޭވެރިކަން ނުލިބި، ސިކުނޑީގެ ހަރަކާތް ތައްވެސް ހުއްޓިފައިވީ ނަމަވެސް އެޖަނަވާރުންގެ ހިތްތައް ބީޓްކުރަން ފެށިކަމަށެވެ. އޭގެ މާނައަކީ މަރުވެފައިވާ ޖަނަވާރު ނުވަތަ އިންސާނުންގެ ގުނަވަންތައް އަލުން ދިރުއްވޭނެ ކަމުގެ ހެކިކަމަށްވެސް އެރިސާރޗްގައި ބުނެފައިވެއެވެ.
މިރިސާރޗްގައި ބައިވެރިވި ސައިންސްވެރިން ބުނާގޮތުގައި މަރުވުމުގެ ކުރީކޮޅުގައި ހަށިގަނޑުގެ ގުނަވަންތައް އަލުން އިއާދަ ކުރެވޭނެ ގޮތް ކާމިޔާބު ވުމަކީ ޓްރާންސްޕްލާންޓް ހެދުމަށް އިންސާނުންގެ ހަށިގަނޑުގެ ގުނަވަންތައް މަދުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ލިބޭ ވަރަށް އުންމީދީ ނަތީޖާއެއް ކަމަށެވެ.
މި ޕްރޮސީޖަރ ހަދާފައިވަނީ ލޭ، ޑްރަގްސް އިން ސެލް މަރުވުމަށް ހުރަސްއަޅާ، ނަރވް ބްލޮކަރސް (ބްރެއިން އެކްޓިވިޓީ ހުއްޓުވުމަށް) އަދި ނިއުޓްރިއެންޓްސް އެކުލެވޭ އޯގަންއެކްސް ނަމަކަށް ކިޔާ ސޮލިއުޝަނަކާއެކު، އަދި ޕިގްގެ ހަށިގަނޑަށް ޕަމްޕްކޮށްގެންނެވެ.
މި ސޮލިއުޝަންގެ ސަބަބުން މަރުވެފައިވާ ހުރިހާ ޖަނަވާރުތަކެއްގެ ހަށިގަނޑުގައި ފާހަގަކުރެވިފައިވާ ފަދައިން އޮކްސިޖަން ހުސްވުމުން ރިގޯރ މޮރޓީސް – ނުވަތަ އޮކްސިޖަން ހުސްވުމުން ހަށިގަނޑުގެ ބައިތަކާއި ސެލްތައް ހަރުވުން ހުއްޓުވަ އެވެ. މި ސޮލިއުޝަން ހޯދުމުގައި ސައިންސްވެރިން ބޭނުންކޮށްފައިވަނީ ޖަނަވާރު ތަކުގެ ހަށިގަނޑަށް ޕަންޕް ކުރުމަށްޓަކައި ކަސްޓަމް ޑިވައިސް އެކެވެ.
މިއާ ޚިލާފަށް، ޓްރަޔަލްގައި ހިމެނޭ އެހެން ޖަނަވާރުތަކަކީ، ހަށިގަނޑުގެ ޒަރިއްޔާއިން ލޭ ޕަމްޕްކުރާ ސްޓޭންޑަޑް އެކްސްޓްރާކޯޕަރަލް މެމްބްރޭން އޮކްސިޖަން ނުވަތަ އީސީއެމްއޯ މެޝިނަކުން ފަރުވާ ދީފައިވާ ޖަނަވާރުތަކެވެ. އޭގެ ނަތީޖާއަކަށްވީ ވަރަށް ގަދައަށް ލޭ ހޮޅިތައް ފަޅައިގެން ގޮސް، އެޖަނަވާރުތައް ހަލާކުވެގެން ދިއުމެވެ.
މި ހޯދުންތައް ޝާއިއުކޮށްފައި ވަނީ ނޭޗާ ބުދަ ދުވަހު ޖާނަލްގަ އެވެ.




