ވަޓްސްއެޕް އިން ސްކްރީންޝޮޓްތައް ދެނެގަތުމަށް ބްލޫ ޓިކެއް ތައާރަފް ނުކުރާނެ
ވަޓްސްއެޕް އިން ސްކްރީންޝޮޓްތައް ދެނެގަތުމަށް ތިން ވަނަ ބްލޫ ޓިކް އެއް ތައާރަފު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވެ އެވެ.
ވަޓްސްއެޕްގެ ކުރިއަށް ހުރި ފީޗާސްތައް ޓްރެކް ކުރާ އޮންލައިން ޕްލެޓްފޯމް ވަބީޓާއިންފޯ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މި ޚަބަރަކީ ފޭކް ޚަބަރެއް ކަމަށެވެ.
މިވަގުތު ވަޓްސްއެޕް އިން ދެ ޓިކެއް ބޭނުން ކުރަނީ، މެސެޖް ފޮނުވާ ފަރާތަށް މެސެޖެއް ދޭން ބޭނުންވާ ރިސީވަރުން އެކަން އަންގައިދިނުމަށެވެ. ރިސީވަރު ވަކި މެސެޖެއް ކިޔާލުމުން މި ޓިކްތައް ބްލޫ އަށް ބަދަލުވެގެން ދެއެވެ.
ސްކްރީންޝޮޓްތައް ދެނެގަތުމަށް އެ ޕްލެޓްފޯމުން ތިން ވަނަ ޓިކެއް ގެ މަސައްކަތް ކޮށްފާނެ ކަމަށް ބުނެ އަޑުތައް ވަނީ ގަދަވެފައެވެ. މިޚަބަރު ގިނަބަޔަކު ޤަބޫލުކޮށްފައި ވިޔަސް ޓްވިޓާގައި ވާބީޓާއިންފޯ އިން ކުރި ޕޯސްޓުގައި ވަނީ އެއީ ފޭކް ނިއުސްއެއް ކަމަށް ސިފަކޮށްފަ އެވެ.
“ވަޓްސްއެޕް ސްކްރީންޝޮޓްތައް ދެނެގަތުމަށް ތިންވަނަ ބްލޫ ޗެކެއް ޑިވެލޮޕް ކުރަނީއެއް ނޫން: އެއީ ފޭކް ނިއުސްއެއް” އެ ޕޯސްޓުގައި ބުނެފައި ވެއެވެ.
ވަޓްސްއެޕްގައި ޝެއާކޮށްފައިވާ ޗެޓް ނުވަތަ މީޑިއާގެ ސްކްރީންޝޮޓެއް އެހެން ޔޫޒަރަކު ނަގާފައިވާކަން އެނގޭނެ އެއްވެސް ގޮތެއް އަދި މިހާތަނަށް އެ އެޕްލިކޭޝަނުން ތަޢާރަފް ކޮށްފައެއް ނުވެއެވެ.

ކިހިނެއް އެނގެނީ ކުރިއަށް އޮތްތާންގައި އެކަން ނުކުރާނެކަމެއް