ޓިކްޓޮކާ ކުރަމުންދާ ވާދަވެރިކަމުގެ ތެރެއިން އިންސްޓަގްރާމްގެ ވީޑިއޯގެ މަޤްބޫލުކަން އިތުރުވެއްޖެ
ޓިކްޓޮކް ފަދަ ވީޑިއޯ އޮރިއެންޓެޑް ޕްލެޓްފޯމަކަށް އިންސްޓަގްރާމް ބަދަލުކޮށްލުމުގެ މަސައްކަތުގެ ތެރެއިން މެޓާ އިން ޓެސްޓްކުރަމުންދާ އާ ފީޗަރ އާއި އެކު އިންސްޓަގްރާމް ވީޑިއޯ ގެ މަޤްބޫލުކަން އިތުރުވެއްޖެ ކަމުގައި ޓެކް ޚަބަރުތައް ބުނެފިއެވެ.
ސޯޝަލް މީޑިއާ ގެ އެންމެބޮޑު ކުންފުންނި މެޓާ އިން އިންސްޓަގްރާމްގެ އާ ފީޗާއެއް ޓެސްޓް ކޮށް، ޔޫޒަރުންގެ ފީޑްފުލް ސްކްރީނަށް ހަދައިދެނީ ވާދަވެރި ޓިކްޓޮކްއާ ސީދާ ގޮތުން ވާދަކުރުމުގެ މަގުސަދުގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަލަށް ތަޢާރަފްކުރާ ފީޗަރގެ ބޭނުމަކީ “ވީޑިއޯގެ އިތުރު ފްރޮންޓް އެންޑް ސެންޓާ” މި ޕްލެޓްފޯމުގައި ގެނެސްދިނުން ނަމަވެސް، އެކަން ކުރާއިރު، އޭގެ ޓްރެޑިޝަނަލް ސްޓީލް ފޮޓޯ ބޭސްޑް ފޯމެޓަށް ވުރެ ބޮޑަށް ސެންޓްރަލް ފީޗާއަކަށް ވީޑިއޯ ހަދައިދެ އެވެ.
މެޓާ އިން ފާހަގަކުރާ ގޮތުގައި މިއަދާ ހަމައަށް ވެސް އެ އެޕް ބޭނުން ކުރުމުގައި ހޭދަކުރާ ވަގުތުގެ 20 ޕަސެންޓް ހޭދަކުރަނީ އެ ކުންފުނީގެ ރީލްސް ފީޗާއެވެ. އަދިވެސް ސްކްރީންގެ އެންމެ ތިރީގައި ހުންނަ ‘ޑިސްކަވަރީ’ ޓެބެއް މެދުވެރިކޮށް އެހެން ފަންކްޝަންތަކަށް އެކްސެސް ވެވޭނެ ކަމަށާއި، ނަމަވެސް ފުލް ސްކްރީން ވީޑިއޯ އަކީ ހުޅުވުމުން ޔޫޒަރުންނަށް އެންމެ ފުރަތަމަ ފެންނާނެ ވީޑިއޯ އަށް ވާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ޓެކްކްރަންޗް އިން ބުނާ ގޮތުގައި މައިގަނޑު ތަފާތަކީ ސްކްރީންގެ އެންމެ މަތީގައި ‘ސްޓޯރީސް’ ބާ އެއް ނެތުމެވެ. ނަމަވެސް އާ ފޯމެޓު ހުރިހާ ޔޫޒަރުންނަށް ރޯލް އައުޓް ކުރުމުގެ ކުރިން ކަންކަން އަނެއްކާވެސް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.
އިންސްޓަގްރާމުން ތަޢާރަފް ކުރި ކުރު ވީޑިއޯގެ މަގުބޫލުކަން އިތުރުވެފައިވާ ކަމުގެ އިތުރު ހެއްކަކީ ގޫގުލް އިން ވެސް ޔޫޓިއުބް ޝޯޓްސް އިތުރުކުރުމާއެކު ކޮމްޕެޓިޝަންގެ ތެރެއަށް ވަދެފައި ވުމެވެ.
މެޓާއިން ހާމަކޮށްފައިވާ ގޮތުގައި އިންސްޓަ ގްރާމުގެ އާފީޗަރ ރޯލް އައުޓްކުރާނީ ބަލަންޖެހޭ ކަންކަން އިތުރަށް ބަލާ ޓެސްޓް ކުރުމަށް ފަހުގައެވެ.
