ޕާޕްލެކްސިޓީ ލެބްސް އޭއައި އިން ވެބް އެޕް އުފެއްދޭނެ

ޕާޕްލެކްސިޓީ ޕްލެޓްފޯމްގެ ތެރޭގައި ހިމެނޭ އާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާއެއް ކަމުގައިވާ ޕާޕްލެކްސިޓީ ލެބްސް ބުރާސްފަތި ދުވަހު ތަޢާރަފްކޮށްފި އެވެ. މި އައު ފީޗާއަކީ ޓެކްސްޓް ޕްރޮމްޕްޓްތައް ފުރިހަމަ ޕްރޮޖެކްޓްތަކަށް ބަދަލުކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ ފީޗާއެކެވެ. މީގެ ތެރޭގައި ރިޕޯޓްތަކާއި، ސްޕްރެޑްޝީޓްތަކާއި، އަދި ސާދާ ވެބް އެޕްލިކޭޝަންތައް ހިމެނެ އެވެ.
ޕާޕްލެކްސިޓީ ލެބްސް އިން ބޭނުންކުރަނީ ޑީޕް ވެބް ބްރައުޒިން އަދި ކޯޑް އެގްޒެކިއުޝަން ޓެކްނޮލޮޖީ އެވެ. މިއީ މީގެ ކުރިން ޕްލެޓްފޯމްގެ ޤާބިލިއްޔަތުން ބޭރުގައި ހުރި ކޮމްޕްލެކްސް މަސައްކަތްތައް ކުރުމަށް އެހީތެރިވެދޭ ޓެކްނޮލޮޖީއެކެވެ. މި އައު ފީޗާ ތަޢާރަފްކުރެވުނީ ސަން ފްރެންސިސްކޯގައި ހިންގާ މި އޭއައި ކުންފުނިން ޕާޕްލެކްސިޓީ އެސިސްޓަންޓް ފޯ އައިއޯއެސް ނެރުނުތާ އެއް މަސްދުވަސް ފަހުންނެވެ.
އެ ކުންފުނިން ބުނާގޮތުގައި ޕާޕްލެކްސިޓީ ލެބްސްއަކީ ޑީޕް ރިސާޗްގެ އިތުރަށް ތަރައްޤީކުރެވިފައިވާ ވަރޝަނެކެވެ. މި ފީޗާ އަދި، ލިބެން ހުންނާނީ ހަމައެކަނި ޕާޕްލެކްސިޓީ ޕްރޯ ސަބްސްކްރައިބަރުންނަށެވެ.
ޑީޕް ރިސާޗްއަކީ ގިނަ ސާޗްތަކެއް ބޭނުންވާ ކޮމްޕްލެކްސް ސުވާލުތަކަށް ފުރިހަމަ ޖަވާބުތައް އުފައްދާ ފީޗާއެކެވެ. އައު ފީޗާއިން ގިނަ ޓޫލްތަކެއް ބޭނުންކޮށް، އިތުރު ވަގުތު ހޭދަކޮށްގެން، ޑޮކިއުމަންޓްތަކާއި ވެބް އެޕްތައް އުފެއްދުމަށް ކޮމާންޑްތައް ތަންފީޒުކުރެވޭނެ އެވެ.
އެ ކުންފުނިން ބުނާގޮތުގައި ޕާޕްލެކްސިޓީ ލެބްސްއަށް ޑީޕް ވެބް ބްރައުޒިން، ކޯޑް އެގްޒެކިއުޝަން، ޗާޓް ހެދުން، އަދި އިމޭޖް ހެދުން ފަދަ ކަންތައްތައް ކުރެވޭނެއެވެ. ނަމަވެސް ކުންފުނިން ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ. މިއީ އޭޖެންޓިކް ޓޫލްތަކެއްކަން، އަދި މި އައު ފީޗާއިން މަލްޓި-އޭޖެންޓް ވޯކްފްލޯއަށް ސަޕޯޓް ކުރޭތޯ، އަދި އިމޭޖް ހެދުމާއި ކޯޑް އެގްޒެކިއުޝަން ފަދަ ޤާބިލިއްޔަތުތައް ވަކި ލާޖް ލޭންގުއޭޖް މޮޑެލްތަކުން (އެލްއެލްއެމްތަކުން) ހިންގޭތޯވެސް ހާމަކޮށްފައެއް ނުވެ އެވެ.
އެ ކުންފުނިން ބުނާގޮތުގައި ޕާޕްލެކްސިޓީ ލެބްސްއަށް ކޯޑް ލިޔެ ތަންފީޒުކޮށްގެން ޑޭޓާ ސްޓްރަކްޗާކުރުން، ފޯމިއުލާތައް ބޭނުންކުރުން، އަދި ޗާޓްތަކާއި ޑޮކިއުމަންޓްތައް އުފެއްދުން ފަދަ މަސައްކަތްތައް ކުރެވޭނެ އެވެ. މަސައްކަތުގެ ތެރޭގައި އުފައްދާ ޑޮކިއުމަންޓްތައް، ކޯޑް ފައިލްތައް، ޗާޓްތައް، އަދި އިމޭޖްތައް ވަކި އެސެޓްސް ޓެބަކަށް އިތުރުކުރެވޭނެ އެވެ. ޔޫޒަރުންނަށް މި ފައިލްތައް އެތަނުން ބަލައި ޑައުންލޯޑްކުރެވޭނެ އެވެ. އަދި އެޕް ޓެބެއްވެސް ވާނެ އެވެ. މި ޓެބުން އަސާސީ ޑޭޝްބޯޑްތައް، ސްލައިޑްޝޯތައް، އަދި ވެބްސައިޓްތައް އުފެއްދޭނެ އެވެ.
މި ފީޗާގެ ތަފްސީލުތަކުން ހީވަނީ މިއީ އޭޖެންޓިކް ޤާބިލިއްޔަތެއް ކަމަށެވެ. ޕާޕްލެކްސިޓީން ބުނާގޮތުގައި “ސެލްފް-ސުޕަވައިޒްޑް” މަސައްކަތްތައް ނިންމުމަށް 10 މިނެޓް ނުވަތަ އެއަށްވުރެ ގިނަ ވަގުތު ނަގާނެ އެވެ. ޔޫޒަރުންނަށް ޗެއިން-އޮފް-ތޯޓް (ސީއޯޓީ) ފެންނާނެ ނަމަވެސް، އިނިޝަލް ޕްރޮމްޕްޓް އެޑިޓްކުރުމަށް ނުވަތަ ނަތީޖާގެ ދިމާލަށް ބަދަލުގެނައުމަށް އޭއައި މެދުކަނޑާލެވޭނެތޯ ސާފެއް ނޫނެވެ.
ކުންފުނިން ޕާޕްލެކްސިޓީ ލެބްސްއަށް ކުރެވޭނެ މަސައްކަތްތަކުގެ މިސާލުތަކެއްވެސް ހިއްސާކޮށްފައިވެވއެވެ. މީގެ ތެރޭގައި ވަކި ސްޓޮކެއް ނުވަތަ އިވެންޓެއް ވަށައިގެން ޓްރޭޑިން ސްޓްރެޓެޖީއެއް އުފެއްދުން، ވިޝުއަލް ސްޓޯރީބޯޑާއި ސްކްރީންޕްލޭއާއެކު ޖެންރެ-ބްލެންޑެޑް ފިލްމް ކޮންސެޕްޓެއް އުފެއްދުމާއި، ކުންފުނީގެ ޕްރޮފައިލްތައް އުފެއްދުމާއި، ނުވަތަ ކޮމްޕެރެޓިވް ޑޭޓާ ވިޝުއަލައިޒޭޝަންތައް އުފެއްދުން ހިމެނެ އެވެ.