ޓެކްނޮލޮޖީ

ކްރޯމް އިންކޮގްނިޓޯ ޓެބަށް ވަނުމަށް މިހާރު ފިންގަރ ޕްރިންޓް ބޭނުންކުރެވޭނެ!

ކްރޯމް އިންކޮގްނިޓޯ ޓެބަށް ވަނުމަށް މިހާރު އެންޑްރޮއިޑްގައި އިނގިލީގެ ނިޝާން ބޭނުންކުރެވޭނެ އެވެ

2020 ވަނަ އަހަރުން ފެށިގެން އައިއޯއެސްގައި ހުރި ބައެއް ގޫގުލް އެޕްތަކަށް “ޕްރައިވެސީ ސްކްރީން” އެއް އިތުރުކޮށްފައިވާއިރު، އެ ސްކްރީނަށް ވަނުމަށް ޓަޗް ނުވަތަ ފޭސް އައިޑީ އޮތެންޓިކޭޝަން ހޯދަން ޖެހެ އެވެ. އެންޑްރޮއިޑް އަށް ހާއްސަ ކްރޯމް އަށް މިހާރު ވަނީ އިނގިލީގެ ނިޝާން ބޭނުންކޮށްގެން އިންކޮގްނިޓޯ ޓެބްތައް ލޮކް ކުރުމުގެ ގާބިލްކަން ލިބިފަ އެވެ.

އިންކޮގްނިޓޯ ޓެބްތައް ހުޅުވާފައި ހުންނައިރު، ކްރޯމް އިން ނުކުތުމުން ވަގުތުން އެ ޕޭޖްތައް ފިންގަރޕްރިންޓް އޮތެންޓިކޭޝަންގެ ފަހަތުގައި ލޮކް ކުރެވޭނެއެވެ.

އެ ޓެބްތަކަށް އެނބުރި ދިއުމަށް ބްރައުޒާ ލޯންޗް ކުރުމުން މެދުގައި އިންކޮގްނިޓޯ ލޯގޯ ޖަހާފައިވާ އަޅިކުލައިގެ ސްކްރީނެއް ފެންނާނެ އެވެ. “އަންލޮކް އިންކޮގްނިޓޯ” އަށް ފިތާލުމުން ސިސްޓަމް ފިންގަރޕްރިންޓް ޝީޓް ހުޅުވިގެންދާނީ “ވެރިފައި އިޓް’ސް ޔޫ” އަށެވެ. އަދި “ޔޫސް ޕިން” ގެ ޤާބިލުކަން ވެސް ތިރީ ކަނާތްފަރާތުގައި ލިބެން ހުންނާނެއެވެ.

އަދި މިޚިދުމަތުގައި ލިބޭ އެހެނިހެން އޮޕްޝަން ތަކުގެތެރޭގައި ގަވާއިދުން ޓެބްތަކަށް އެނބުރި ދިއުން ހިމެނޭއިރު، އޯވަރފްލޯ މެނޫ އާންމުކޮށް ހުންނަ މަގާމުގައި ހުންނަނީ “އިންކޮގްނިޓޯ ޓެބްތައް ބަންދުކުރުން” އަށެވެ.

މިއީ ޕާސްކޯޑް ނޭނގޭ މީހަކާ ފޯނު ހަވާލުކުރާއިރު ބޭނުންތެރި ކަމެކެވެ. އެއީ ކްރޯމް އިން ނުކުންނައިރު ސެޓިންގސް > ޕްރައިވެސީ އެންޑް ސެކިއުރިޓީ > ލޮކް އިންކޮގްނިޓޯ ޓެބްތަކުން އޮން/އޮފް ކުރެވޭނެ އެއްޗެކެވެ (ހުޅުވިފައިވާ އިންކޮގްނިޓޯ ޓެބްތައް ބަލާލުމަށް ސްކްރީން ލޮކް ބޭނުން ކުރާށެވެ).

އިންކޮގްނިޓޯގެ ފިންގަރޕްރިންޓް ލޮކް އަދި ފުޅާދާއިރާއެއްގައި ރޯލް އައުޓް ނުކުރި ނަމަވެސް އެންޑްރޮއިޑްގެ ފަހުގެ ވަރޝަންތަކުގައި މިހާރުވެސް އެނެބަލް ކުރެވޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close