ޓެކްނޮލޮޖީ

ތިބާގެ ފޭސްބުކް ޓައިމްލައިންގައި އެހެންމީހުންނަށް ބޭނުންހާ އެއްޗެއް ނުލިޔޭގޮތް ހަދަން ބޭނުންތަ؟

އިންޓަރނެޓާ ވަކިން ދިރިއުޅުމަކީ މިޒަމާނުގައި ނުވާނެކަމެކޭ ބުނުމަކުން މުޅިން ދޮގަކަށް ނުވާނެއެވެ. އަދި ޚާއްޞަކޮށް ފޭސްބުކް ފަދަ މީސްމީޑިއާ ބޭނުންކުރައްވާ ފަރާތްތަކުން އިންޓަރނެޓަށް ދެވިހިފައިފައި މިވަނީ ހީވެސް ނުކުރާހާ ބޮޑަށެވެ. މިއީ މިއަދު ހައިރާންވާންޖެހޭ ކަމެއްނޫނެވެ. އަދި އެއީ މައްސަލައެއް ކަމުގައިވެސް ނުދެކެމެވެ.

މީސްމީޑިއާ ބޭނުންކުރާއިރު ބައެއް ކަހަލަ ކަންތައްތަކަކީ އެކަމަށް ސަމާލުވެ ނެތިއްޖެނަމަ ތިމާގެ އަބުރާ ޢިއްޒަތަށް ހުތުރުވާފަދަ ކަންކަން ނޭންގިނަމަވެސް ކުރެވި، ބޭޒާރުވާ ފަދަ ކަންކަމެވެ. އަދި އެހެންމީހުންވެސް ބައެއްފަހަރަށް މިފަދަ ބޮޑެތި ލަނޑުތައްދީ ތިމާއަށް އޮޅުވާލައެވެ. ނަމަވެސް އެފަދަ ކަންކަމަށް ސަމާލުވެ ހުރެއްޖެނަމަ އެކަމުން ރައްކާތެރި ވެވިދާނެއެވެ. އަދި ވަކިން ޚާއްޞަކޮށް ފޭސްބުކު ފަދަ ތަރައްޤީ ކުރެވިފައިވާ ނެޓްވޯކް ތަކުގައި މިފަދަ ޢަމަލުތައް ހިންގުން ވަރަށްބޮޑަށް މަދުކުރެވިދާނެއެވެ.

މިދެންނެވިހެން ފޭސްބުކު ބޭނުންކުރާ ބައެއް ފަރާތްތަކަށް ދިމާވާ އެއް އުނދަގުލަކީ އެމީހުންގެ އަމިއްލަ ޓައިމްލައިންގައި ހުންނަން ބޭނުންނޫން ނުވަތަ ޢާއްމު އަޚްލާޤާއި، އިޖްތިމާޢީ އަދަބުތަކަށް ނުފެތޭ ނުވަތަ އެކަށީގެންނުވާފަދަ ބަސްތަކާއި ސްޓޭޓްމެންޓްތައް ޕޯސްޓްކުރުމެވެ. ތިމާގެ ހުއްދަނެތި އެހެންމީހުން ތިމާގެ ޓައިމްލައިންގައި މިފަދަ ތަކެތި ޕޯސްޓްކުރުމުން އެކަމުގެ ހަޑިނަން ތިމާއަށްރައްދުވެ ބޭޒާރުވާގޮތް އެބަދިމާވެއެވެ.

މިގޮތަށް ޓައިމްލައިންގައި އެހެންމީހުންނަށް ބޭނުންހާ އެއްޗެއް ނުލިޔެވޭގޮތް ނުވަތަ ޕޯސްޓް ނުކުރެވޭގޮތް ހެދެން ފޭސްބުކުގައި ހުރެއެވެ. އެކަން ވަރަށް ގިނަ ފަރާތްތަކަށް އެނގޭނެއެވެ. އެހެންނަމަވެސް ބައެއް ބޭފުޅުންނަކީ އެފަދަކަންކަން އެހާބޮޑަށް ދިރާސާކޮށް ނުހައްދަވާ ބޭފުޅުންކަމަށްވާތީ ފަހަރެއްގައި ނޭންގި އޮވެދާނެއެވެ.

ފޭސްބުކުގެ ޓައިމްލައިން ވަރަށްބޮޑަށް ޕްރައިވެސީކޮށް އަމިއްލަ ކޮންޓްރޯލްގެ ދަށަށް ގެނެވިދާނެ ވަރަށް ސަޅި އަދި ފަސޭހަ ފީޗަރސްތަކެއް ފޭސްބުކްގެ ސެޓިންގައި ހިމަނާފައިވެއެވެ. އެ ފީޗަރސް ތަކުގެ އެހީގައި ތިބާބޭނުންނުވާ ފްރެންޑުންނަށް ތިބާގެ ޓައިމްލައިންގައި ޕޯސްޓް ނުކުރެވޭގޮތް ހެދުމާއި، ބޭނުންނުވާ ބަސްތަކާއި، ސްޓޭޓްމެންޓްތައް ޕޯސްޓް ނުކުރެވޭގޮތް ހެދޭނެއެވެ. މިއީ ވަރަށް ފަސޭހަކަމެކެވެ.

އެގޮތަށް ސެޓިން ބަދަލުކޮށްލުމުން ލިބިގެންދާނެ ހިތްހަމަޖެހުމަކީ ތިބާގެ ޓައިމްލައިންގައި ތިބާ ބޭނުންނޫން ހަމައެންމެ ބަހެއްވެސް ނުވަތަ ލަފްޒެއްވެސް ނޯންނާގެ ކަމުގެ ޔަޤީންކަން ލިބި އަބަދުވެސް މީސްމީޑިއާގެ ސޭފްސައިޑްގައި ތިބާއަށް ހުރެވުމެވެ.

ތިބާގެ ޓައިމްލައިންގައި ތިބާބޭނުންނުވާ ބަސްތައް ނުލިޔެވޭގޮތް ހެދުމަށް ތިރީގައިވާ ގޮތަށް ކުރިއަށް ދާށެވެ.

  1. ފޭސްބުކް ސެޓިންގ އަށް ދާށެވެ.
  2. ވާތްފަރާތުން ޓައިމްލައިން އެންޑް ޓެގިން ބައިން ސެލެކްޓް ކުރާށެވެ.
  3. ހައިޑް ކޮމެންޓް ކޮންޓެއިނިންގ ވޯޑްސް …… މިބައި އެޑިޓް ކުރާށެވެ.
  4. ދެން އެފެންނަ ގޮޅީގައި ބޭން ކުރަން ބޭނުންވާ ބަސްތައް ލިޔެ އެޑްކުރަމުންދާށެވެ.
  5. އެންމެފަހުން ސޭވްކޮށްލާށެވެ.     

އެއް ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close