އިސްތަށިގަނޑު ހެދިބޮޑުވުމަށް ވަރަށް ބޮޑަށް ބާރުއަޅާ އާ މޮލިކިއުލެއް ސައިންސްވެރިން ހޯދައިފި
އިސްތަށިގަނޑު ހެދިބޮޑުވުމަށް ވަރަށް ބޮޑަށް ބާރުއަޅާ އާ މޮލިކިއުލެއް ސައިންސްވެރިން ހޯދައިފި އެވެ.
ޔުނިވާސިޓީ އޮފް ކެލިފޯނިއާ، އިރްވައިންގެ ދިރާސާވެރިން ހޯދި SCUBE3 ގެ ނަމުން މަޝްހޫރު ސިގްނަލިން މޮލިކިއުލް އަކީ އަންހެނުންނާއި ފިރިހެނުންގެ އިސްތަށިގަނޑު ހެދިބޮޑުވުމަށް ބާރުއަޅާ ވައްތަރެއް ކަމަށްވާ އެންޑްރޮޖެނެޓިކް އެލޮޕެޝިއާ އަށް ފަރުވާ ދިނުމުގެ ގާބިލްކަން ލިބިފައިވާ މޮލިކިއުލެކެވެ.
ދާދި ފަހުން ޑިވެލޮޕްމަންޓަލް ސެލް ޖާނަލްގައި ޝާއިއުކުރި މި ދިރާސާއިން ހޯދިފައިވަނީ ކޮންމެ އިސްތަށިގަނޑެއްގެ ތިރީގައި ހުންނަ ހާއްސަ ސިގްނަލް އުފައްދާ ފައިބްރޯބްލާސްޓްތަކެއް ކަމަށްވާ ޑަރމަލް ޕެޕިލާ ސެލްތަކުން އާ ތަރައްގީއަށް ހިތްވަރުދޭ ސީދާ މެކޭނިޒަމް އެވެ. އިސްތަށިގަނޑު ބޮޑުވުން ރެގިއުލޭޓް ކުރުމުގައި ޑަރމަލް ޕެޕިލާ ސެލްތަކުން އަދާކުރާ މުހިންމު ދައުރު ފުޅާދާއިރާއެއްގައި ޤާއިމުވެފައިވީނަމަވެސް، މިކަމުގައި ހިމެނޭ އެކްޓިވޭޓިންގ ކެމިކަލްތަކުގެ ޖެނެޓިކް އަސާސް މާބޮޑު ކަމެއް ނޭނގެއެވެ.

“ހެއާ ފޮލިކަލް ލައިފް ސައިކަލްގެ އެކި ވަގުތުތަކުގައި، ހަމަ އެއް ޑަރމަލް ޕެޕިލާ ސެލްތަކުން ފޮލިކަލްތައް ހުއްޓުވާފައި ބެހެއްޓުމަށް ނުވަތަ އާ އިސްތަށިގަނޑު ބޮޑުވުމަށް ބާރުއަޅާ ސިގްނަލްތައް ފޮނުވޭނެ، އަހަރެމެން ހާމަކުރި ގޮތުގައި ޑާމަލް ޕެޕިލާ ސެލްތަކުން ގުދުރަތީ ގޮތުން އުފައްދާ SCUBE3 ސިގްނަލިންގ މޮލިކިއުލަކީ އަވަށްޓެރި އިސްތަށިގަނޑުގެ ސްޓެމް ސެލްތައް ބައިބައިވާން ފެށުމަށް ‘ބުނުމަށް’ ބޭނުންކުރާ މެސެންޖަރު ކަމަށާއި، މިއީ އާ އިސްތަށިގަނޑު ބޮޑުވާން ފެށުމުގެ އިޝާރާތެއް.”ދިރާސާގެ މުއާމަލާތް ލިޔުންތެރިޔާ ޔޫސީއައިގެ ޑިވެލޮޕްމަންޓަލް އެންޑް ސެލް ބަޔޮލޮޖީގެ ޕްރޮފެސަރު މަކްސިމް ޕްލިކަސް، ޕީއެޗްޑީ ވިދާޅުވި އެވެ.
އިންސާނުންނަށް އިސްތަށިގަނޑު ފައިދާހުރި ގޮތެއްގައި އުފެއްދުމަށްޓަކައި ހަމުގެ ޕެޕިލާ ސެލްތަކުން އެކްޓިވޭޓް ކުރާ ކެމިކަލްތައް އުފައްދަން ޖެހެ އެވެ. އެންޑްރޮޖެނެޓިކް އެލޮޕެޝިއާ ޖެހިފައިވާ މީހުންގެ ގައިގައި ހުންނަ ޑަރމަލް ޕެޕިލާ ސެލްތައް ހަލާކުވެ، އާންމުކޮށް ގިނައިން ހުންނަ އެކްޓިވޭޓިންގ ކެމިކަލްތައް ވަރަށް ބޮޑަށް ދަށްވެއެވެ. މި ދިރާސާއަށްޓަކައި އިސްތަށިގަނޑާއި ހައިޕަރއެކްޓިވޭޓް ޑަރމަލް ޕެޕިލާ ސެލްތައް މާގިނައިން ހުންނަ މައުސް މޮޑެލްއެއް އުފެއްދިއެވެ. މި މޮޑެލްގެ ސަބަބުން ދިރާސާކުރާ ފަރާތްތަކަށް އިސްތަށިގަނޑު ބޮޑުވުން ރެގިއުލޭޓް ކުރުމާ ބެހޭ ގޮތުން އިތުރު ހެކިތައް ފެނިގެން ދިޔައަ އެވެ.

“މި މައުސް މޮޑެލް ދިރާސާކުރުމުން ކުރިން ނޭނގޭ ސިގްނަލިންގ މޮލިކިއުލްއެއްގެ ގޮތުގައި SCUBE3 ދެނެގަތުމުގެ ފުރުސަތު ލިބުނު،” ޑިވެލޮޕްމަންޓަލް އެންޑް ސެލް ބަޔޮލޮޖީގެ ޔޫސީއައި ޕޯސްޓްޑޮކްޓަރ ރިސާޗަރެއް ކަމަށްވާ ކޯ-ފަސްޓް ލިޔުންތެރިޔާ ޔިންގޒީ ލިއު ވިދާޅުވި އެވެ.
ސައްހަ ގޮތުގައި SCUBE3 އިން އިންސާނާގެ ފޮލިކަލްތަކުގައި އިސްތަށިގަނޑު ބޮޑުވުން އެކްޓިވޭޓް ކޮށްދޭކަން އިތުރު ޓެސްޓްތަކުން އެނގިގެން ދިޔަކަމަށް މިދިރާސާގައި ބުނެފައިވާއިރު، ދިރާސާވެރިން އިންސާނާގެ ބޮލުގެ އިސްތަށިގަނޑުގެ ފޮލިކަލްތައް ޓްރާންސްޕްލާންޓްކޮށްފައިވާ މައުސްގެ ހަންގަނޑަށް SCUBE3 މައިކްރޯއިންޖެކްޓްކުރުމުން އިންސާނާއާއި އަދި މައުސް ފޮލިކަލްތަކުގައި ވެސް އާ ހެދިބޮޑުވުމެއް އުފެދިގެން ދިޔައެވެ.
“މި ތަޖުރިބާތަކުން SCUBE3 ނުވަތަ ޑެރިވޭޓް މޮލިކިއުލްތަކަކީ އިސްތަށިގަނޑު ގިނަވުމަށް އުއްމީދީ ފަރުވާއަކަށް ވެދާނެ ކަމުގެ ޕްރޫފް އޮފް ޕްރިންސިޕަލް ޑޭޓާ، ލިބިފައިވާ ކަމަށް ޔޫސީއައިގެ ހިސާބުގެ ޕޯސްޓްޑޮކްޓަރ ރިސާޗަރެއް ކަމަށްވާ ކޯ-ފަސްޓް ލިޔުންތެރިޔާ ކްރިސްޓިއަން ގުއެރެރޯ-ޖުއާރޭޒް ވިދާޅުވި އެވެ.
މިހާރު ބާޒާރުގައި ހުރި ދެ ބޭހެއް ކަމަށްވާ ފިނާސްޓަރައިޑް އަދި މައިނޮކްސިޑިލް އަކީ އެންޑްރޮޖެނެޓިކް އެލޮޕެޝިއާ އަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ފާސްކޮށްފައިވާ ބޭހެކެވެ. ފިނާސްޓަރައިޑް އަކީ ހަމައެކަނި ފިރިހެނުންނަށް ބޭނުން ކުރުމަށް ހުއްދަ ދީފައިވާ އެއްޗެކެވެ. މި ދެ ބޭހަކީ ވެސް އާންމުކޮށް ފައިދާހުރި ދެ ބޭހެއް ނޫން ކަމަށާއި، އެ ދެ ބޭހަކީ ވެސް ކްލިނިކަލް އަސަރު ދެމެހެއްޓުމަށްޓަކައި ދުވާލަކު ނަގަން ޖެހޭ ބޭހެއްކަމަށް ދިރާސާ ވެރިން ވަނީ ބުނެފައެވެ.
ރިފަރެންސް:
“ހެޖްހޮގް ސިގްނަލިންގ ރީޕްރޮގްރާމްސް ހެއާ ފޮލިކަލް ނިޝް ފައިބްރޯބްލާސްޓްސް ޓު އަ ހައިޕަރ އެކްޓިވޭޓެޑް ސްޓޭޓް”
ލިޔުއްވާފައިވަނީ :
ޔިންގޒީ ލިއު، ކްރިސްޓިއަން އެފް ގުއެރެރޯ-ޖުއާރެޒް، ފޭ ޝިއާއޯ، ނިތިޝް އުޑޫޕީ ޝެޓިގާރ، ރައުލް ރާމޯސް، ޗެން-ހްސިއަންގް ކުއާން، ޔޫ-ޗާން ލިން، ލޫއިސް ޑީ ޖީސަސް މާޓިނޭޒް ލޮމެލީ، ޖަންގް މިން ޕާކް، ޖީ ވޮން އޯ، ރޫއީކީ ލިއު، ސުންގް-ޖާން ލިން، މާކޯ ޓާޓަގްލިއާ، ރޫއީ-ބިންގް ޔަންގް، ޒެންގްކުއަން ޔޫ، ކިންގް ނީ، ޖީ ލީ އަދި މަކްސިމް ވީ ޕްލިކަސް، 30 ޖޫން 2022، ޑިވެލޮޕްމަންޓަލް ސެލް.
ޑޮއި: 10.1016/ޖޭ.ޑެވްސެލް.2022.06.005

