ވަޤުތު އެޕްލިކޭޝަން – ހަމަ ރަނގަޅަށްވެސް ދިވެހިންގެ ހިތްތައް އަތުލައިފި

މިއަދުގެ ޒަމާނީ ދުނިޔޭގައި ޓެކްނޮލޮޖީގެ އެހީގައި އަޅުގަނޑުމެންގެ ދީނީ ކަންކަމަށް މަގުފަހިކޮށްދޭ އެތައް ވަސީލަތްތަކެއް ވަނީ ތަޢާރަފްވެފައެވެ. އެގޮތުން ފަހަކަށް އައިސް ދިވެހިންގެ މެދުގައި އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދަމުން އަންނަނީ “ވަޤުތު” އެޕްލިކޭޝަނެވެ. މިއީ ނަމާދު ވަޤުތުތައް ބަލާލުމަށް ޚާއްސަކޮށްގެން ދިވެހި އުފެއްދުންތެރިން ތައްޔާރުކޮށްފައިވާ ނުހަނު ފުރިހަމަ މޯބައިލް އެޕްލިކޭޝަނެކެވެ.
“ވަޤުތު” އެޕްލިކޭޝަން އެހެން އެޕްތަކާ ތަފާތުވަނީ އޭގައި ހިމެނޭ ތަފާތު ގިނަ ފީޗަރސްތަކުގެ ސަބަބުންނެވެ. އާދައިގެ ނަމާދު ވަޤުތު ދައްކައިދޭ އެޕްތަކާ ޚިލާފަށް، މީގައި ދިވެހިންނާ ނުހަނު ގުޅޭ ބޭނުންތެރި އެތައް ކަމެއް ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ކޮންމެ ހަފުތާއެއްގެ ހުކުރު ޚުޠުބާގެ ޚުލާޞާ މި އެޕް މެދުވެރިކޮށް ބަލާލެވުމެވެ. މީގެ އިތުރުން އިސްލާމީ ތާރީޚުގެ މުހިންމު ދުވަސްތަކާއި ރަމަޟާން މަސް ފަދަ ދުވަސްތަކަށް ބާކީ އޮތް ވަޤުތު ދައްކައިދޭ ‘ކައުންޓްޑައުން’ ފީޗަރ އަކީވެސް ގިނަ ބަޔަކަށް ކަމުދިޔަ ކަމެކެވެ.
އަޅުކަމުގެ ތެރޭގައި ދެމިހުރުމަށް ހިތްވަރުދޭ ފީޗަރތަކެއްވެސް މި އެޕްގައިވެއެވެ. އެގޮތުން ދަމުނަމާދު ފަދަ މުހިންމު ސުންނަތް ނަމާދުތަކަށް ހޭލުމަށް އެލާމް ކުރެވޭ ގޮތް ހަދާފައިވާއިރު، ޛިކުރު ކުރުމަށްޓަކައި ‘ތަޞްބީޙަ ކައުންޓަރެއް’ ވެސް ވަނީ ހިމަނާފައެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔާލުމަށް މިއީ ވަރަށް ފަސޭހަ އެޕެކެވެ. ޛިކުރުތައް ކިޔަން އުޅުމުގެ ތެރޭގައި ޟަރޫރީ ކަމެއް ދިމާވެގެން ހުއްޓާލަން ޖެހުނަސް، ކިތަންމެ ގިނަ ވަޤުތެއް ފަހުން އެނބުރި އައި ނަމަވެސް، ކުރިން ހުއްޓާލި ހިސާބުން އަލުން ފެށޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން ދިރިއުޅުމުގެ އެކި ހާލަތްތަކާ ގުޅޭ މުހިންމު ދުޢާތައްވެސް މި އެޕުން ފެންނަން ހުރެއެވެ.
“ވަޤުތު” އެޕްގެ އެންމެ ތަފާތު އަދި ބޭނުންތެރި އެއް ފީޗަރ އަކީ، ތިމާ ހުރި ތަނަކާ އެންމެ ކައިރީގައި ހުރި މިސްކިތް ބަލާލެވޭ ފީޗަރއެވެ. ހަމައެކަނި މިސްކިތް ދައްކާލުމުގެ އިތުރުން، އެ މިސްކިތަށް ދެވޭނެ އެންމެ ކައިރި މަގުވެސް މި އެޕް މެދުވެރިކޮށް ބަލާލެވެއެވެ. މިއީ ދަތުރުފަތުރުކޮށް އުޅޭއިރު ނުހަނު ބޭނުންތެރި މަޢުލޫމާތެކެވެ.
ޢަބްދުﷲ ޝަހީދު (ލޮނުމިރުސް) ގެ ފަރާތުން އުފައްދާފައިވާ މި ހިތްގައިމު އެޕްލިކޭޝަން މިހާރު އެންޑްރޮއިޑް ފޯނު ގެންގުޅޭ ފަރާތްތަކުގެ އިތުރުން އައިފޯން ގެންގުޅޭ ފަރާތްތަކަށްވެސް ޑައުންލޯޑް ކުރެވޭނެއެވެ. މިއީ ކޮންމެ ދިވެހި މުސްލިމެއްގެ ފޯނުގައިވެސް އޮތުން މުހިންމު، ދިވެހިވަންތަ، ފުރިހަމަ އެޕްލިކޭޝަނެއްކަން ޔަޤީނެވެ.
އެންޑްރޮއިޑް އެޕްލިކޭޝަން ޑައުންލޯޑްކުރުމަށް މި ލިންކަށް ކްލިކޮށްލައްވާ!
އައި.އޯ.އެސް އެޕްލިކޭޝަން ޑައުންލޯޑް ކުރުމަށް މި ލިންކަން ކްލިކްކޮށްލައްވާ!
