ޓެކްނޮލޮޖީ

ޗައިނާގެ ބައިޑޫ އިން އުފެއްދި 10 ކިއުބިޓް ކުއަންޓަމް ކޮމްޕިއުޓަރު ދައްކާލައިފި

ޗައިނާގެ އެންމެ ބޮޑު ޓެކް ކުންފުނި ބައިޑޫ އިން ދުނިޔޭގެ ފުރަތަމަ “އޯލް ޕްލެޓްފޯމް ކުއަންޓަމް ހާޑްވެއާ-ސޮފްޓްވެއާ އިންޓަގްރޭޝަން ސޮލިއުޝަން” ކަމަށް ބުނާ ފުރަތަމަ ސުޕަކޮންޑަކްޓިން ކުއަންޓަމް ކޮމްޕިއުޓަރެއް ކަމަށްވާ “ކިއަން ޝީ” ތައާރަފްކޮށްފި އެވެ.

ބެއިޖިންގައި ބޭއްވި ކުއަންޓަމް ކްރިއޭޓް 2022 ކޮންފަރެންސްގައި 10 ކިއުބިޓްގެ ކުއަންޓަމް ކޮމްޕިއުޓަރ(އައު ވިންޑޯއެއްގައި ހުޅުވާލާ) ހާމަކުރިއިރު، މިއީ ބައިޑޫގެ ހާޑްވެއާ، ސޮފްޓްވެއާ ސްޓޭކް (ލިއަންގް ޝީ ކިޔާ) އަދި ގިނަ އަދަދެއްގެ “ޕްރެކްޓިކަލް ކުއަންޓަމް އެޕްލިކޭޝަންތައް” އެއްކޮށްލާފައިވާ ކޮމްޕިއުޓަރެކެވެ. އަދި ވިޔަފާރީގައި ލިބެން ހުންނަ އެހެން ކުއަންޓަމް ކޮމްޕިއުޓަރުތަކުން މިވަގުތު ލިބޭނީ އެންމެ 7 ކިއުބިޓްގެ ޕާފޯމަންސް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.

ބައިޑޫ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ފަހަރެއްގައި ސަރޗް އިންޖީނުން ނަމަވެސް ގަބޫލުކުރާ ގޮތުގައި އެ ކުންފުނީގެ ކުއަންޓަމް ކޮމްޕިއުޓަރަކީ އާޓިފިޝަލް އިންޓެލިޖެންސް، ކޮމްޕިއުޓޭޝަނަލް ބަޔޮލޮޖީ، މެޓީރިއަލް ސިމިއުލޭޝަން، އަދި ފައިނޭންޝަލް ޓެކްނޮލޮޖީ ހަލުވިކަމާއެކު ތަރައްގީ ކުރުމަށް އެހީތެރިވެދޭނެ ކޮމްޕިއުޓަރެކެވެ.

އެގޮތުން މިހާރުވެސް އުފައްދާފައިވާ އެޕްލިކޭޝަންތަކުގެ ތެރޭގައި އާ ލިތިއަމް ބެޓެރީ ޑިވެލޮޕްމަންޓާއި ޕްރޮޓީން ފޯލްޑިންގ ސިމިއުލޭޝަންތަކަށް ބޭނުންވާ ކުއަންޓަމް އެލްގޮރިޒަމްސް ހިމެނެއެވެ.

މިދާއިރާގެ އެހެން ބައެއް ކުންފުނިތަކުންވެސް ދަނީ މިވަގުތު މިއަށްވުރެ މާ ވަރުގަދަ ކުއަންޓަމް ކޮމްޕިއުޓަރުތަކެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ފުޖިޓްސޫ އިން 2023 ވަނަ އަހަރު 64 ކިއުބިޓްގެ މެޝިނެއް ވިއްކަން ފަށާނެ ކަމަށް ބުނެފައިވާއިރު، އޭގެ ފަހުން 2027 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން 1،000 ކިއުބިޓްގެ މެޝިނެއް ވިއްކަން ފަށާނެ ކަމަށް އެކުންފުނިން ވަނީ ޔަޤީންކަން ދީފައެވެ.

އަނެއްކޮޅުން އައިބީއެމްގެ އަމާޒަކީ 2025 ވަނަ އަހަރުގެ ނިޔަލަށް 4000 އަށް ވުރެ ގިނަ ކިއުބިޓް ހޯދުމެވެ. މީގެއިތުރުން ބައިޑޫ އިން މިހާރު ދަނީ 36 ކިބިޓް ކުއަންޓަމް ޗިޕެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close