މައިކްރޮސޮފްޓްގެ އާ ސައިބަރ ސެކިއުރިޓީ ޓޫލް ހުރިހާ ޕްލެޓްފޯމަކަށް އަތުވެއްޖެ
ކުރިން ހަމައެކަނި ވިޔަފާރިތަކަށް ދޫކުރި ސައިބަރ ސެކިއުރިޓީ ޓޫލްއެއް ކަމަށްވާ މައިކްރޮސޮފްޓް ޑިފެންޑަރ މިހާރު އާންމު ންނަށް ލިބެން ފަށައިފިއެވެ. އެއީ ވިންޑޯޒް، މެކްއޯއެސް، އެންޑްރޮއިޑް، އަދި އައިއޯއެސް ޑިވައިސްތަކުގައި ޒަމާނީ ފިޝިން އަދި މެލްވޭއާ ޕްރޮޓެކްޝަން ފޯރުކޮށްދޭ އެއްޗެކެވެ. އަދި އެއަށްވުރެ މުހިންމު ކަމަކީ، އާއިލާގެ މެމްބަރުންގެ ސެކިއުރިޓީ ސްޓޭޓަސް އާދައިގެ ޑޭޝްބޯޑެއް މެދުވެރިކޮށް ބަލާލެވޭނެ ކަމެވެ.
މައިކްރޮސޮފްޓުން ބަޔާންކޮށްފައިވާ ފަދައިން، އާ ޑިފެންޑަރ ޓޫލަކީ މިހާރު ހުރި އެންޓިވައިރަސް ސޮފްޓްވެއާ (ވިންޑޯޒް ސެކިއުރިޓީ އެޕް ފަދަ) ގެ ބަދަލުގައި ބޭނުންކުރާ ޓޫލެއް ނޫނެވެ. އެއީ ބައެއް ޑިވައިސްތަކުގެ ތެރެއިން ސެކިއުރިޓީ ހިފެހެއްޓުމަށް ފަސޭހަކޮށްދޭ ސަޕްލިމެންޓަރީ ޓޫލެކެވެ.
އަދި އާ މައިކްރޮސޮފްޓް ޑިފެންޑަރ އެޕް އިން ފިޝިންގ އަށް ލިންކްތައް ސްކޭން ކުރެވޭއިރު، ވެބް ސެކިއުރިޓީއަށް އެހާ ބޮޑަށް ލޯހުޅުވިފައި ނުވާ ފަރާތްތަކަށް އެއީ ބޭނުންތެރި ކަމެއް ކަމަށް ވެދާނެ އެވެ. މައްސަލައަކީ، މި އެޕް އަށް މައިކްރޮސޮފްޓް 365 ސަބްސްކްރިޕްޝަން ބޭނުންވާ ކަމެވެ.
މައިކްރޮސޮފްޓް ޑިފެންޑަރ ބޭނުން ކުރުމަށް މައިކްރޮސޮފްޓް 365 ގެ މެމްބަޝިޕް ބޭނުންވެއެވެ. އެކަމަކު އަހަރަކު 99 ޑޮލަރަށް ލިބޭ މައިކްރޮސޮފްޓް 365 އަކީ ހަގީގަތުގައި ވަރަށް ބޮޑު އަގެކެވެ. އެއީ އޮފީސް އެޕްތަކަށް އެކްސެސް ފޯރުކޮށްދިނުމާއި، 1ޓީބީގެ ކްލައުޑް ސްޓޯރޭޖް (ޔޫޒަރަކަށް) އާއި އައުޓްލޫކްގައި އެޑް ފްރީ އީމެއިލް އަދި ކެލެންޑަރާއި ހަމަގައިމުވެސް އާ މައިކްރޮސޮފްޓް ޑިފެންޑަރ އެޕް އަށް ސަޕޯޓް ކުރެވޭނެ އެއްޗެކެވެ.

