އޭއައި އިން އުފައްދާ ތަސްވީރުތަކުގެ ސަބަބުން ރިސާޗް އިންޓެގްރިޓީއަށް ނުރައްކާވެދާނެ: ސައިންސްވެރިން
ކޮމްޕިއުޓަރ ސައިންސްވެރިން ލަފާކުރާ ގޮތުގައި އޭއައި އިން އުފައްދާ ތަސްވީރުތަކުގެ ސަބަބުން ރިސާޗް އިންޓެގްރިޓީއަށް ނުރައްކާވެދާނެ އެވެ.
ޒިއާމަން ޔުނިވާސިޓީގެ ދިރާސާވެރިންގެ ކުޑަ ޓީމަކުން ވަނީ މިހާރަކަށް އައިސް ރިސާޗް ޕްރޮޖެކްޓްތަކުގައި ބޭނުން ކުރުމަށް ފޭކް އޭއައި އިމޭޖަރީ އުފައްދާލެއް ފަސޭހަކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެމީހުންގެ އެ ކަންބޮޑުވުންތައް ޖާނަލް ޕެޓަރންސް ގައި ވަނީ ޝާއިއުކޮށްފައެވެ .
ދިރާސާވެރިން އެމީހުންގެ މަސައްކަތް ޖާނަލްތަކުގައި ޝާއިޢުކުރާއިރު، ގިނަ ފަހަރަށް އެމީހުންގެ ހަގީގީ މަސައްކަތުގެ ފޮޓޯތައް ޖެނެރޭޓް ކުރުމުގެ ބަދަލުގައި، އާޓިފިޝަލް-އިންޓެލިޖެންސް އެޕްލިކޭޝަންތައް ބޭނުންކޮށްގެން އެ ފޮޓޯތައް ދަނީ ޖެނެރޭޓް ކުރަމުންނެވެ. މިގޮތަށް ފޭކް ފޮޓޯތައް އުފެއްދުމަކީ ، ދިރާސާވެރިން ލަފާކުރާ ގޮތުގައި، އެއްވެސް ހަގީގީ ދިރާސާއެއް ނުކޮށް ދިރާސާ ކަރުދާސްތައް ޝާއިއު ކުރުމުގެ ފުރުސަތު ލިބިދާނެ ކަމެކެވެ.
މިފަދަ ފޭކްތައް ފާހަގަކުރެވޭނެ އެލްގޮރިޒަމްތައް އުފެއްދުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދިރާސާވެރިން ފާހަގަކުރާ ނަމަވެސް އެކަން ކުރުމަކީ އެންމެ ރަނގަޅު ހާލަތުގައި ސްޓޮޕް-ގޭޕަކަށް ވާނެ އެވެ.

