އިންސްޓަގްރާމާއި ފޭސްބުކްގެ ‘ކްރޮސް މެސެޖިން’ ފީޗާ ހުއްޓާލަނީ

އިންސްޓަގްރާމާއި، ފޭސްބުކްގެ ކްރޮސް މެސެޖިން ފީޗާ ހުއްޓާލަން މެޓާއިން ނިންމައިފިއެވެ.
މެޓާއާ ގުޅުންހުރި ޕޭޖްތަކުގައި ބުނާ ގޮތުގައި މި ބަދަލަށް އަމަލުކުރަން ފަށާނީ ޑިސެމްބަރު މަހުގެ މެދުތެރޭގައެވެ.
މީގެ ތިން އަހަރު ކުރިން ތައާރަފްކުރި ކްރޮސް ޕްލެޓްފޯމް މެސެޖިން ނިމުމަކަށް ގެންނަ ސަބަބެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ.
މިފީޗާ ހުއްޓާލުމާއެކު، އިންސްޓަގްރާމް އަދި ފޭސްބުކްގައި އެއް އިންބޮކްސްގެ ދަށުން ދައްކާފައިވާ ވާހަކަތައް ދެން ކުރިއަށް ނުގެންދެވުނު ނަމަވެސް ކުރިން ކޮށްފައިވާ ޗެޓްތައް ކިޔޭނެއެވެ.
މިފީޗާ ހުއްޓާލަން ނިންމާފައިވާއިރު، ދާދި ފަހުން ވަނީ ގްރޫޕް މެސެޖިން އާއި އެހެނިހެން ފީޗާތައް ވެސް ހިމަނައިފައެވެ.
ފޭސްބުކްގެ ބެލެނިވެރި ޕްލެޓްފޯމް އިންސްޓާގްރާމްއިން މިފީޗާ ހުއްޓާލަން ނިންމާފައިވާއިރު، އަނެއްކޮޅުން ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވަޓްސްއެޕުން ވަނީ މި އަންނަ ގާނޫނީ ޒިންމާތަކަށް ރިއާޔަތްކޮށް ތާޑް ޕާޓީ ޗެޓް އިންޓަގްރޭޝަންގެ މަސައްކަތް ފަށާފައެވެ. އޭގެ މާނައަކީ ވަޓްސްއެޕުންވެސް އެފަދަ ފީޗާއެއް ތަޢާރަފް ކުރުން ކަމުގައި ރިޕޯޓްތައް ބުނެއެވެ.
މީގެ އިތުރުން 2023 ވަނަ އަހަރުގެ ނިޔަލަށް މެސެންޖާ ޗެޓްތަކަށް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ޑިފޯލްޓްގެ ގޮތުގައި ހަމަޖެއްސުމަށް މެޓާ އިން ދާދި ފަހުން ވެފައިވާ ވައުދާ އެކު، އިންސްޓަގްރާމް ޑައިރެކްޓް މެސެޖް ފީޗާއަށްވެސް ބަދަލުތަކެއް ގެންނަން އުޅޭކަމުގެ އަޑުތަކެއް ދަނީ ފެތުރެމުންނެވެ.
މެޓާއިން އެ ކުންފުނީގެ އިންސްޓަގްރާމާއި ފޭސްބުކް ޕްލެޓްފޯމްތަކުގެ މެދުގައި ކްރޮސް މެސެޖިން ފަންކްޝަނަލިޓީ ތައާރަފްކޮށް، ކޮންމެ ޚިދުމަތެއްގައި ވެސް އަނެއް ހިދުމަތެއްގައި ކޮންޓެކްޓް މެސެޖް ކުރެވޭނެ ގޮތް ހެދީ 2020 ވަނަ އަހަރުއެވެ.

