ޓެކްނޮލޮޖީ

އައިއޯއެސް 15 ގެ ޚަބަރު ބަލައިލައިފިންތަ؟

އައިފޯން ގެންގުޅޭ ފަރާތްތަކުން ގިނަދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުންއައި އަޕްޑޭޓް އައިއޯއެސް 15 ބީޓާ ޢާއްމުކޮށް ދޫކޮށްފައިވާއިރު އައިފޯން 6 އެސް ގެ ފަހުގެ ހުރިހާ ފޯނުތަކަށްވެސް މިހާރު އެ އަޕްޑޭޓް ލިބޭނެއެވެ.

މި އަޕްޑޭޓަކީ އެޕަލްގެ ކަސްޓަމަރުން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރަމުން އައި އަޕްޑޭޓަކަށް ވިޔަސް މި އަޕްޑޭޓުގައި ހިމެނޭ އެންމެ ޝައުގުވެރިވާ ފީޗަރތަކުގެ ތެރެއިން ސްޕެޝަލް އޯޑިއޯ އާއި، ފޭސްޓައިމްގެ ޕޯޓްރެއިޓް މޯޑް ލިބޭނީ، ހަމައެކަނި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ އެންމެ އަވަސް ޗިޕް ކަމުގައިވާ ބައޯނިކް ޗިޕް ހިމެނޭ ފޯނުތަކަށެވެ. އެގޮތުން އޭ 12 އިން ފެށިގެން މަތިން ބައޯނިކްޗިޕް ހުންނަ ފޯނުތަކުގައި އެ ފީޗާރތައް ބޭނުންކުރެވޭނެއެވެ.

ކޮންމެއަކަސް ފަހުގެ އަޕްޑޭޓްގައި ހިތްގައިމް ގިނަ ކަންކަން ފުރިހަމަކުރެވިފައިވާތީ މިއަޕްޑޭޓް އިންސްޓޯލް ކޮށްލަން ކޮންމެ މީހަކުވެސް ބޭނުންވާނެއެވެ.

އައިއޯސް 15 ގައި ހިމެނޭ ބައެއް އާ ކަންކަމަށް ބަލައިލަމާތޯއެވެ؟

ފޭސްޓައިމް ކުރާ އިރު ވީޑިއޯ ކޮލެޓީ އާއި އޯޑިއޯ ކޮލެޓީ ވަނީ ކުރިއަށްވުރެ ރަނގަޅު ކޮށްފައެވެ. އަދި ފުރަތަމަ ފަހަރަށް އެންޑްރޮއިޑް އަދި ވިންޑޯސް ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް ފޭސްޓައިމް ކުރެވޭ ގޮތް ވެސް ވަނީ ހަދައިފައެވެ. ފޭސްޓައިމް ކުރާ ވަގުތު ވީޑިއޯތައް ބެލުމަށާއި ލަވަ އަޑުއަހާލެވުމުގެ އިތުރުން ފިލްމުވެސް ބެލޭނެއެވެ.

އެޕަލް ވޮޗް ބޭނުންކޮށްގެން އައިފޯން ބޭނުންކުރާ ފަރާތުގެ ސިއްހީ ހާލަތު ވަޒަންކޮށް އެއްކުރާ ޑާޓާ ޑޮކްޓަރާއި ހިއްސާކުރެވޭގޮތް ވެސް އެޕަލް އިން ވަނީ ތައާރަފް ކޮށްފައެވެ. އަދި ލޭގައި ކޮލެސްޓްރޯލް ހުރިވަރު ގަޑީގެ އެހީގައި ދެނެގަނެވޭ ގޮތް މިހާރު ވަނީ އެޕަލް އިން ހަދައިފައެވެ.

ފަހުގެ އަޕްޑޭޓުގައި އައިޕެޑްތަކަށް ވެސް އިތުރު ފުރިހަމަކަމެއް ގެންނާނެ ފީޗާސްތަކެއް ވަނީ އިތުރު ކޮށްފައެވެ. އެގޮތުން ބަސް ބަދަލުކުރުމަށް އާ ޓްރާސްލޭޓް އެޕްލިކޭޝަނެއް އިތުރުކޮށްފައިވާ އިރު އައިޕެޑްގެ ނޯޓްސް އިން އިތުރު ބޭނުންތައް ކުރެވޭގޮތް ވަނީ ހަދައިފައެވެ.

މެސެޖް އެޕް އަދި އައިމެސެޖް ސާވިސް އިން ފަހުގެ އަޕްޑޭޓާއެކު ފަސޭހައިން ފޮޓޯތައް، ވީޑިއޯ އަދި އާޓިކަލްތައް ހޯދޭނެއެވެ.

ފޮޓޯ ނެގުމުން ފޮޓޯގައި ހުންނަ ލިޔުންތައް ފޯނަށް ކޮޕީ ކުރެވޭ ގޮތް ވަނީ ހަދައިފައެވެ.

މިހިތްގައިމު ފަހުގެ އަޕްޑޭޓް ތިބާގެ ފޯނަށް ކޮމްޕޭޓިބަލްތޯ އަވަހަށް ޗެކްކޮށްލާށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close