މައިކްރޮސޮފްޓް ވޯޑް ހިލޭ ބޭނުންކުރާނެ ގޮތް
ވޯޑް ޕްރޮސެސިންގ އާއި ބެހޭގޮތުން ވާހަކަ ދައްކާއިރު، ގިނަ މީހުން، އަދި ގިނަ ވިޔަފާރިތަކުން އަދިވެސް ވިސްނަނީ މައިކްރޮސޮފްޓް ވޯޑްގެ މައްޗަށެވެ. ބަޔާނެއް ވިޔަސް ނުވަތަ އެސޭއެއް ވިޔަސް، ލިޔާނީ .docx ފައިލްއެއްގެ ގޮތުގައެވެ. އެއީ ވޯޑް އިން ބޭނުންކުރާ އާންމުކޮށް ދެނެގަނެވޭ ޑިފޯލްޓް ފައިލް ފޯމެޓެއްގެ ގޮތުގައެވެ.
އޮތީ ހަމަ އެންމެ މައްސަލައެކެވެ. އެއީ މައިކްރޮސޮފްޓް 365 ސަބްސްކްރިޕްޝަންގެ ބައެއްގެ ގޮތުގައި މައިކްރޮސޮފްޓް ވޯޑް ބޭނުން ކުރުމަށް އެއްފަހަރު ނުވަތަ ތަކުރާރުވާ ސަބްސްކްރިޕްޝަނެއް ދައްކަން ޖެހޭކަމެވެ.
މައިކްރޮސޮފްޓް ވޯޑްގެ ހިލޭ ވަރޝަނެއް ވެބްގައި ކޮންމެ މީހަކަށް ވެސް ބޭނުންކުރެވޭނެ ގޮތް މިހާރު މައިކްރޮސޮފްޓުން ވަނީ ފަހިކޮށްދީފަ އެވެ. މިކަން ކުރުމަށްޓަކައި މައިކްރޮސޮފްޓް އެކައުންޓެއް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. ނަމަވެސް އެއީ ވެސް ހިލޭ ކުރެވޭ ކަމެކެވެ. އެޕް މުޅިން ވެސް ވެބް ބްރައުޒާއެއްގެ ތެރޭގައި މަސައްކަތް ކުރާތީ، ކޮންމެ ކޮމްޕިއުޓަރަކުން ވެސް އެ އެޕް އަށް ވަދެވޭއިރު، ތިބާގެ ފައިލްތައް އަބަދުވެސް ސިންކްކޮށް ކްލައުޑްގައި ސޭވް ކުރެވެ އެވެ. ބައެއް ލިމިޓެޝަންތައް ހުރި ނަމަވެސް ޢާއްމުކޮށް ޑޮކިއުމެންޓެއް ތައްޔާރުކޮށްލުމަށް ބޭނުންވާ ޓޫލްސްތައް ވެބްގައި ވެސް ލިބެން ހުރެ އެވެ.
ލިޔެކިޔުންތަކުގައި އެހެން މީހުންނާ ގުޅިގެން (ކޮލަބަރޭޓްކޮށް) މަސައްކަތް ކުރުމަކީވެސް ވެބް ގައި ވަރަށް ފަސޭހަ ފީޗަރއެކެވެ. އެގޮތަށް މަސައްކަތްކުރާއިރުވެސް ވޯޑްގެ ޑެސްކްޓޮޕް ވަރޝަނުން ލިބޭ ހުރިހާ އަސާސީ ފޯމެޓިންގ އޮޕްޝަންތަކެއް ލިބިގެންދާނެ އެވެ. އޭގެ އިތުރުން މައިކްރޮސޮފްޓުން ހިލޭ ފޯރުކޮށްދޭ ބައެއް ޓެމްޕްލޭޓްތައް ވެސް ބޭނުންކޮށްލެވޭނެއެވެ.
އެކަމަކު ވޯޑްގެ މި އޮންލައިން ވަރޝަނަކީ ވިންޑޯޒް އަދި މެކްއޯއެސް އަށް ހާއްސަ ޑެސްކްޓޮޕް ސޮފްޓްވެއާ ފަދައިން އެންމެ ފުރިހަމަ ނުވަތަ ވަރސައިޓަލް ވަރޝަނެއް ނޫނެވެ. މިސާލަކަށް އެލައިންމަންޓް، ގައިޑްސް ނުވަތަ ލައިވް ލޭއައުޓް އޮޕްޝަންސް، ސައިޓޭޝަންތަކާއި ބިބްލިއޮގްރަފީއެއް ނުހެދޭނެއެވެ. އަދި އެޑްވާންސް ޕްރޫފިންގ އަދި ރެފަރެންސް ޓޫލްތަކުގެ ތެރެއިން އެއްވެސް ޓޫލެއް ނުލިބޭނެއެވެ. އޭގެ އިތުރުން އޮންލައިން ވާޝަން ބޭނުން ކުރުމަށް އެކްޓިވް ވެބް(އިންޓަރެނެޓް) ކަނެކްޝަނެއް ބޭނުންވެއެވެ.
އެންޑްރޮއިޑް އަދި އައިއޯއެސް އަށް މައިކްރޮސޮފްޓް ވޯޑް ހިލޭ އިންސްޓޯލް ކުރެވޭނެ އެވެ. ވެބް ވާޝަންގައި ވެސް ވާ ފަދައިން، ހަމައެކަނި ބޭނުންވަނީ މައިކްރޮސޮފްޓް އެކައުންޓެކެވެ.
10.1 އިންޗިއަށް ވުރެ ކުޑަ ސްކްރީން ސައިޒެއް ހުންނަ އެންޑްރޮއިޑް ޑިވައިސްއެއްގައި ވޯޑްގެ މޯބައިލް އެޕް ވަރޝަން ބޭނުން ކުރަން ބޭނުން ނަމަ ނުވަތަ އައިޕެޑެއްގައި މައިކްރޮސޮފްޓް 365 ސަބްސްކްރިޕްޝަނަކަށް ފައިސާ ދައްކަން ޖެހެ އެވެ. މޯބައިލްގައި ވޯޑް ހިލޭ ބޭނުން ކުރެވުނަސް ފޯމެޓިންގ އާއި ލޭއައުޓް އޮޕްޝަންތައް ނުލިބޭނެއެވެ.
އެހެން ނަމަވެސް، އަވަސް ކޮށް އެޑިޓްކޮށްލުމަށް އަދި ލިޔެކިޔުންތައް ބަލާލުމަށް ވެސް މޯބައިލް ވާރޝަން ބޭނުން ކުރުން އެއީ މޮޅު ގޮތެކެވެ. މިސާލަކަށް ބަލަން ޖެހޭ ވޯޑް ޑޮކިއުމަންޓެއް މީހަކު ފޮނުވައިފިނަމަ، އަދި ސޮފްޓްވެއާގެ ފުލް ވަރޝަނަށް ފައިސާ ދައްކަން ބޭނުން ނުވާނަމަ، ފޯނު ބޭނުންކޮށްގެން ފަސޭހައިން އެއަށް ދެވޭނެ އެވެ. ނުވަތަ ހަމައެކަނި ސާދާ އަދި ކުރު ވޯޑް ޑޮކިއުމަންޓްތައް އުފެއްދުމަށް ބޭނުންވާނަމަ، އަސާސީ ފޯމެޓިންގ އާއި އެކު، މޯބައިލް ފޯނު އެޕް ރަނގަޅަށް މަސައްކަތް ކުރާނެ އެވެ.



