ފޭސްބުކް ނިއުސް ފީޑް ކޮންޓެންޓްގެ އިތުރު ކޮންޓްރޯލެއް ޔޫޒަރުންނަށް ދޭން ޓެސްޓްކުރަނީ
ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓާ އިން ބުނީ އެ ކުންފުނީގެ ނިއުސް ފީޑްތަކުގައި ފެންނަ ކޮންޓެންޓް ކަސްޓަމައިޒް ކުރުމަށް ޔޫޒަރުންނަށް އާ ގޮތްތަކެއް ޓެސްޓު ކުރަމުން އަންނަ ކަމަށެވެ.
އެ ކުންފުނިން ބުރާސްފަތި ދުވަހު ކުރި ބްލޮގް ޕޯސްޓެއްގައި ބުނެފައި ވަނީ، އަލަށް ފަށާ މިޚިދުމަތުގެ ސަބަބުން، ވަކި ރަހުމަތްތެރިންނާއި، އާއިލާ އާއި، ޖަމާއަތްތަކާއި، ޕޭޖުތަކުން ފެންނަ ކޮންޓެންޓް އިތުރުކުރުމަށް ނުވަތަ މަދުކުރުމަށް، މީހުން އިސްކަންދޭ މިންވަރު އެޑްޖަސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ފޭސްބުކް އިން ވަނީ ފާއިތުވި އަހަރުތަކުގައި ނިއުސް ފީޑުން ކޮންޓެންޓް އެތައް ފަހަރަކު ހުށަހަޅައިދޭ ގޮތް ބަދަލުކޮށް، ކޮންޓެންޓަށް އިސްކަން ދޭން ޖެހޭ ކަންތައްތަކާއި، ކޮން ސަބަބަކާ ހުރެ ތޯ އަލުން ވިސްނަން ޖެހޭ ކަމަށް ބުނެ ވާހަކަ ދައްކާފަ އެވެ.
2015 ވަނަ އަހަރު އެ ނޫހުގައި ބުނެފައި ވަނީ ނިއުސް ފީޑްސް ބަދަލު ކުރަނީ ބްރޭންޑްތަކާއި ޕަބްލިޝާސް އިން އެ ކޮންޓެންޓާ ގުޅިގެން ގާތް ރަހުމަތްތެރިންގެ ކޮންޓެންޓް ރަނގަޅު ކުރުމަށް ކަމަށެވެ. 2016 ވަނަ އަހަރު ފޭސްބުކް އިން އަނެއްކާވެސް ބުނީ އެކުންފުނީގެ އެލްގޮރިދަމް އެޖަސްޓް ކުރާނެ ކަމަށާއި އެހެންކަމުން ރަހުމަތްތެރިންގެ ޕޯސްޓްތަކަށް ޕަބްލިޝަރުންނަށް ވުރެ އިސްކަން ލިބޭނެ ކަމަށެވެ.
ދެން 2018 ވަނަ އަހަރު އެ ކުންފުނިން ބުނީ ނިއުސް ފީޑް ބަދަލު ކުރަމުން ދިޔައީ “ބެކް އެންޑް ފޯތު ޑިސްކަޝަން” ސްޕާކް ކޮށްފާނެ ޕޯސްޓްތައް ޕެސިވް ކޮންޓެންޓަށް ވުރެ ބޮޑަށް ފެނިގެން ދިއުމުގެ ފުރުސަތު ބޮޑުކުރުމަށެވެ.
ސޯޝަލް މީޑިއާގެ ޖަޔަންޓް ފޭސްބުކް އިން “ނިއުސް ފީޑް” ކޮންޓްރޯލް ކުރާ ގޮތް ވަރަށް ބޮޑަށް އޮޅުން ފިލުވައިދީފައިވީ ނަމަވެސް ފޭސްބުކް އިން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ކޮންޓެންޓް ކަވަރު ކުރަނީ ކޮން ބައެއްތޯ ނުވަތަ “ޑީމޯޓް” ކުރަނީ ކޮން ގޮތަކަށްތޯ ނިންމާނީ ކިހިނެއްތޯ އާންމުންނަށް ކޮންމެވެސް ވަރެއްގެ ތަސައްވުރެއް ދޭނެ ކަމަށެވެ.
އެކަމަކު މިހާރު އާ ޓެސްޓުފީޗަރގައި ޔޫޒަރުން ބޭނުން ނަމަ ރަހުމަތްތެރިންނާއި އާއިލާ އާއި ޕޭޖުތަކާއި ގްރޫޕްތަކުގެ ވޮލިއުމް ނިއްވާލެވޭނެ އެވެ. މެޓާ ބްލޮގް ޕޯސްޓުގައި ބުނެފައި ވަނީ މިއީ “ނިއުސް ފީޑްގެ މައްޗަށް އިތުރު ކޮންޓްރޯލެއް ބަޔަކަށް ދިނުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.
ފޭސްބުކް އިން އެ ކުންފުނީގެ ވިޔަފާރި ކަސްޓަމަރުންނަށް ނިއުސް ކޮންޓްރޯލަށް ބަދަލުތަކެއް ގެނެސް، އިނގިރޭސި ބަހުން އިޝްތިހާރުތައް ހިންގާ އިޝްތިހާރުތަކުގެ ޓެސްޓް ގްރޫޕަކަށް “ޓޮޕިކް އެކްސްކްލޫޝަން” ކޮންޓްރޯލްތައް ފުޅާކުރާނެ އެވެ. އިޝްތިހާރުކުރާ ފަރާތްތަކުން ތިން މައުޟޫއަކަށް ބަހާލައިގެން ، ޚަބަރާއި ޕޮލިޓިކްސް، އިޖުތިމާއީ މައްސަލަތަކާއި، ކުށްކުރުމާއި ހިތާމަވެރި ހާދިސާފަދަ ތިން މައުޟޫއަކަށް އިޝްތިހާރުކުރެވިދާނެއެވެ.


