ޓެކްނޮލޮޖީ

އެމެރިކާގެ ސެނެޓަރަކު އެލޮން މާސްކް އަށް އިންޒާރު ދެއްވައިފި

އެމެރިކާގެ ސެނެޓަރު އެޑްވާޑް މާކީ، ޓްވިޓާގެ ވެރިޔާ އެލޮން މާސްކް ކުރި ނުރަސްމީ ޓްވީޓަކަށް ރައްދު ދެއްވައި، ވިދާޅުވީ ބިލިއަނަރުގެ ކުންފުނިތައް ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ހިތްހަމަޖެހޭ ވަރަށް “ރަނގަޅު” ނުކޮށްފިނަމަ ކޮންގްރެސްގައި އެކަމަށް ތަދައްޚުލުވާނެ ކަމަށެވެ.

މި މައްސަލަ ފެށުނީ ހުކުރު ދުވަހު މެސެޗުސެޓްސްގެ ޑިމޮކްރެޓެއް ކަމަށްވާ މާކީ، މާސްކްގެ އަރިހުން ޖަވާބު ހޯދުމަށް ޑިމާންޑް ކުރުމުންނެވެ. “އަހަރެން ޖަވާބު ހޯދަން އެދެނީ މީހުންގެ މައްޗަށް ފައިދާ ޖައްސަމުންދާ އެލޮން މާސްކް އާއި ދޮގު މައުލޫމާތު ހުއްޓުވުމުގެ މައްޗަށް އޭނާގެ ދަރަނި ޖަހަމުންދާ އެލޮން މާސްކްގެ ފަރާތުން. ޓްވިޓަރ އިން މިކަން ހިނގި ގޮތާއި އެކަން ތަކުރާރު ނުވާނެ ގޮތް ކިޔައިދޭން ޖެހޭނެ.” އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ނިމުނު 44 ބިލިއަން ޑޮލަރުގެ ޓެކްއޯވަރެއްގައި ޓްވިޓާ ގަތް މާސްކް ހުކުރު ދުވަހު މާކީއަށް ޖަވާބު ދިނުމުގައި ބުނީ، “ފަހަރެއްގައި އެއީ ތިބާގެ އަސްލު އެކައުންޓް ޕެރޯޑީއެއް ފަދައިން އަޑު އިވޭތީ ކަމަށް ވެދާނެ” ކަމަށެވެ. އޭނާ އިތުރު ޓްވީޓެއް ކޮށްފައި ވަނީ މާކީގެ ޕްރޮފައިލް ފޮޓޯއިން މާސްކު އަޅައިގެން ހުރިތަން ފެންނަނީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ.

މާކީގެ އިންޒާރު ލިބިފައިވަނީ މާސްކް ޓްވިޓާގެ ވެރިކަމާ ހަވާލުވުމުން ޓްވިޓާ “ގެއްލުން ހުރި” ކޮންޓެންޓެއް ހުއްދަކޮށްގެން “އާންމުންގެ ސަލާމަތަށް ސީދާ ނުރައްކަލަކަށް” ވެގެންދާނެ ކަމަށް ވާތުފިޔައިގެ މީހުން ތުހުމަތު ކުރަމުން ދަނިކޮށެވެ. ޑިމޮކްރެޓެއްގެ ގޮތުގައި ވެސް ހުންނެވި ރައީސް ޖޯ ބައިޑަން މިދިޔަ ހަފްތާގައި ހުށަހެޅުއްވީ މާސްކްގެ ވެރިކަމުގައި ބޭރު ގައުމުތަކާ އެކު އެއްބާރުލުން ދިނުމުން “ގައުމީ ސަލާމަތަށް ނުރައްކަލެއް” އުފެދިދާނެތޯ ބަލަން ޖެހިދާނެ ކަމަށެވެ.

މާކީ އާއި މާސްކްގެ މައްސަލައަށް ރިއެކްޓް ކުރަމުން ޕީޕަލް ފޯ ބާނީ ކިޔާ ޑިމޮކްރެޓުންގެ އެކްޓިވިސްޓް ގްރޫޕަކުން ބުނީ ބިލިއަނަރަށް “މުއްސަނދިން ވައްޓާލުމުގެ ތާރީހެއް އޮތް މަތީ މަގާމެއްގައި ހުރި ސެނެޓަރެއް ޓްރޯލް ކުރުމަކީ ނުބައި ޚިޔާލެއް” ކަމަށެވެ. މާސްކް ޖަވާބު ދިނީ “ތިޔަ ލަފާ ދެއްވަނީ ސެނެޓަރު އޭނާގެ ސިޔާސީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަހަންނަށް ހަމަލާދޭނެ ކަމަށްތަ؟”

ނޫސްވެރިޔާ ގްލެން ގްރީންވާލްޑް ވަނީ ސޯޝަލް މީޑިއާ ސެންސަރު އިތުރު ކުރުމަށް ގޮވާލާ މާކީ 2020 ވަނަ އަހަރުގެ ކްލިޕެއް އާންމުކޮށްފަ އެވެ. “މިއޮތީ ސެނެޓަރ މާކީ އޭނާގެ ސިޔާސީ ވިސްނުމާ އެއްގޮތަށް ޓެކް ކުންފުނިތަކުން ސެންސަރު ކުރުމަށް ޑިމާންޑް ކުރައްވަމުން، މި ހުރިހާ ކަމެއް ވެސް ކުރައްވަނީ އޭނާގެ ޕާޓީން ސޯޝަލް މީޑިއާ ކުންފުނިތަކަށް ސެންސަރު އަމުރުތަކަށް ކިޔަމަން ނުވެއްޖެނަމަ ގާނޫނީ އަދި ރެގިއުލޭޓަރީ ބަދަލު ހިފުމުގެ އިންޒާރު ދިނުމުގެ ތެރެއިން.”

ފޮކްސް ނިއުސްގެ ހޯސްޓް ޓަކަރ ކާލްސަން ފަދަ ކޮންޒަވޭޓިވް ކޮމެންޓޭޓަރުން ބުނާ ގޮތުގައި ވެރިކަންކުރާ ފަންތީގެ މީހުން މާސްކް އަށް އިންޒާރު ދެނީ ޓްވިޓާ އަކީ މިނިވަން ވާހަކަ ދެއްކުމުގެ ސަލާމަތަކަށް ހަދަން ވައުދުވެފައިވާތީ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close