ޓެކްނޮލޮޖީ ވަޓްސްއެޕްއިން މުޅިން އައު ވެބްއެޕްލިކޭޝަނެއް ތަޢާރަފްކޮށްފި

ވަޓްސްއެޕްއިން މުޅިން އައު ވެބްއެޕްލިކޭޝަނެއް ތަޢާރަފްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވަޓްސްއެޕްއިން މުޅިން އައު ވެބްއެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ.

ވަޓްސްއެޕް އިން އަލަށް އުފެއްދި މިއެޕްލިކޭޝަން ވިންޑޯޒް ބޭނުންކުރާ ފަރާތްތަކަށް އަންގާރަ ދުވަހު ތައާރަފްކޮށްފަ އިވާއިރު، ކުރީގެ އިލެކްޓްރޯން ޓެކްނޮލޮޖީ (ވެބް ބޭސްޑް) ބޭނުން ކުރުމުގެ ބަދަލުގައި، މި އެޕް މުޅިން އަލުން ބިނާކޮށްފައި ވަނީ، ވިންޑޯޒް ޓެކްނޮލޮޖީތައް ބޭނުންކޮށްގެން، އޭގެ ސަބަބުން ޖުމްލަގޮތެއްގައި ރަނގަޅު ޕާފޯމަންސެއް ލިބޭ ގޮތަށެވެ.

ވިންޑޯޒްއަށް އަލަށް ތައާރަފުކުރި ވަޓްސްއެޕް މީގެ ކުރިން ބީޓާ އެޕެއްގެ ގޮތުގައި ލިބެން ހުރި އިރު، މިހާރު އެ އެޕް ހުރިހާ ޔޫޒަރުންނަށް ވެސް ލިބެން ހުންނާނެ އެވެ.

ވަޓްސްއެޕްގެ ބްލޮގް ޕޯސްޓެއްގައި (ދަ ވާޖް މެދުވެރިކޮށް) ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ފަދައިން، ކުރީގެ ވަޓްސްއެޕް ޑެސްކްޓޮޕްގެ ބަދަލުގައި އައު އެޕްލިކޭޝަން މިހާރު ލިބޭނެކަމަށް ބުނެފައިވެއެވެ.

ގިނަބަޔަކު ބޭނުން ކުރަމުން އަންނާތީ މިހާރު މި އެޕް ވަނީ އިތުބާރު ކުރެވޭ އަދި އަވަސް އެޕްއަކަށް ވެފަ އެވެ. ވަޓްސްއެޕްގެ ވިންޑޯސް ވާޝަން ފުރަތަމަ ނެރެފައިވީނަމަވެސް މެކް އޯއެސް ވާޝަންވެސް ވަރަށް އަވަހަށް ނެރޭނެކަމަށް ވަޓްސްއެޕްއިން ބުނެއެވެ.

ޓެގް

ވަޓްސްއަޕް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.