ގުގުރިދަމަންތަ؟ މިއޮތީ ޙައްލު – ކުޑަކުޑަ ޑިވައިސް އެއް
ގުގުރި ދެމުމަކީ މީހުން ވަރަށް ރުޅިއަންނަ ކަމެއެވެ. ގުގުރި ދަމާ މީހާގެ ސަބަބުން އޭނާ ކައިރީގައި ނިދަން އޮންނަ މީހާއަށް އުނދަގޫވާތީ އެކަމާ ވަރަށް ބޮޑެތި މައްސަލަވެސް ޖެހިފައި އެބަހުއްޓެވެ. ގުގުރި ދަމަނީ ނޭފަތާއި ކަރުގެ ތެރެއިން ވައި ދައުރުވާން ޖާގަ ނުލިބޭތީ އެވެ. އެގޮތަށް ދިމާވުމުން ނޭފަތާއި ކަރުގައިވާ ޓިޝޫތައް ވައިބްރޭޓްވެ، ގުގުރި ދަމާ އަޑު އިވެ އެވެ.
ގުގުރި ދެމުން ހުއްޓުވުމަށް އެކަން ދިމާވާ ސަބަބު ދެނެގަތުން މުހިއްމެވެ. އަދި އެކަން ހައްލުކުރުމަށް މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއެކެވެ.
އެއްވެސް ޑިވައިސްއެއް ބޭނުން ނުކޮށްވެސް ގުގުރި ދެމުން ކޮންޓްރޯލް ކުރެވިދާނެއެވެ. ނަމަވެސް އެއީ އެހާ ކާމިޔާބު މަސައްކަތްތަކަކަށް ނުވެދާނެއެވެ. ނަމަވެސް މިއަދު މިއޮތީ އެކަމަށްވެސް އެލްކްޓްރޯނިކް ޑިވައިސްއެއް އުފައްދާފައެވެ. އެކަމުގެ ދާއިމީ ޙައްލު ލިބިފައެވެ.
ސްމާޓް އެންޓި ސްނޯރިންގ މަސްލް ސްޓިމިއުލޭޓަރ އަކީ މިކަމުގެ އެންމެ ފަހުގެ ޙައްލެވެ. ވަރަށް ކުޑަކުޑަ ޑިވައިސް އެކެވެ. ނިދަން އޮށޯންނަމުން ދަތްދޮޅީގެ ތިރީގައި ވައިނޮޅިއާއި ދިމާގައި ކަރުގައި ތަތްކޮށްލެވޭ ގޮތަށް އުފައްދާފައިވާ މިކުޑަކުޑަ ޑިވައިސް އަކީ އެއްވެސް އިތުރު އުނދަގޫކަމެއް ނެތި ބޭނުން ކޮށްލެވިދާނެ ރަގަޅު ވަޞީލަތެކެވެ.
އިތުރު މައުލޫމާތު ބޭނުންފުޅުނަމަ ތިރީގައިވާ ވީޑިއޯ ޕްލޭކޮށްލައްވާށެވެ.

ތިއެއްޗެއް ކޮންތާކުންބާ ގަންނަން ލިބޭނީ