ޓެކްނޮލޮޖީ

ނެޓްފްލިކްސް އިން އެމީހުންގެ އަމިއްލަ އީސްޓޯރެއް ހުޅުވައިފި

މަޝްހޫރު ސްޓްރީމިން ޕްލެޓްފޯރމެއް ކަމަށްވާ ނެޓްފްލިކްސް އިން އެމީހުންގެ އަމިއްލަ އޮންލައިން ސްޓޯރެއް ހުޅުވައިފިއެވެ.

މި އީސްޓޯރަށް ދީފައިވާނަމަކީ ނެޓްފްލިކްސް.ޝޮޕް އެވެ. މިއީ އެމީހުންގެ ތަފާތު ޕްރޮޑަކްޓްތައް ސީދާކޮށް ފޭންސްން އަށް ވިއްކުމުގެ މަޤްޞަދުގައި ހުޅުވި ސްޓޯރެކެވެ.

މި ސްޓޯރުގައި އެކްސްކުލޫސިވް ޕްރޮޑަކްޓް އަދި ލިމިޓެޑް އެޑިޝަންގެ ހައިކޮލިޓީގެ އެޕަރަލް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްތައް ލިބެން ހުންނާނެއެވެ. އަދި މިސްޓޯރުގެ އެންމެ ޚާއްޞަކަމަކީ މާރޗެންޑައިސް ވިއްކުމެވެ. އެގޮތުން އެމީހުންގެ ސީރީޒްތަކެއް ކަމަށްވާ ދަވިޗަރ އާއި ސްޓްރޭންޖަރ ތިންގްސް މި ދެސީރީޒްގެ މާރޗްތަކާއި ލައިފްސްޓައިލް ޕްރޮޑަކްތައް ލިބެން ހުންނާނެއެވެ.

ނެޓްފްލިކްސް ލޯގޯ ޖެހިޓީޝާޓްތަކުގެ އިތުރުން އެހެނިހެން ރީތި ޑިޒައިންތަކުގެ ހައިކޮލިޓީ ޓީޝާޓްތަކާއި، އެފަދަ ޕްރޮޑަކްޓްތައް މިސްޓޯރުން ލިބޭނެއެވެ.

ނެޓްފްލިކްސްގެ މައިގަނޑު ބޭނުމަކީ މިސްޓޯރ މެދުވެރިކޮށް އެމީހުންގެ ޝޯވްތައް އިސްތިހާރު ކުރުމާއި އޮންލައިންމާކެޓްގައި ނެޓްފްލިކްސް ބޮޑަށް ފުޅާކުރުމެވެ.

މިލިޔުމަކީ raajje.tech އިން ނަކަލް ކޮށްފައުވާ ލިޔުމެކެވެ!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close