ޓެކްނޮލޮޖީ

އަޅުގަނޑުމެންގެ އާ ފޯނުތައް ނެރުމާއެކު އެޕަލް ވެއްޓޭނެ: ވާވޭ

ވާވޭގެ އެންމެ ފަހުގެ ސްމާޓްފޯންތައް ނެރުމާއެކު “އެޕަލް ވެއްޓޭނެ” ކަމަށް ޗައިނާގެ އެންމެ ވަރުގަދަ އެއް ކުންފުނި ވާވޭއިން ބުނެފި އެވެ. ސްމާޓްފޯން މާކެޓުގައި ޗައިނާގެ ޓެކް ކުންފުނި ވާވޭ އަކީ ޒަމާނުއްސުރެ ބޮޑު ހިއްސާއެއް އޮންނަ ކުންފުންޏަކަށް ވާއިރު، އެންމެ ފަހުގެ މި ފިޔަވަޅަކީ އެ މީހުންގެ މަގާމު އިތުރަށް ވަރުގަދަ ކުރާނެ ފިޔަވަޅެކެވެ.

އެ ކުންފުނީގެ މަސްދަރުތަކުން ބުނި ގޮތުގައި ވާވޭގެ އާ ފޯނުތަކުގައި ޒަމާނީ ޓެކްނޮލޮޖީއެއް ހުންނާނެއެވެ. އޭގެ ތެރޭގައި އިންގިލާބީ އާ ކެމެރާ ސިސްޓަމަކާއި އެޑްވާންސް އޭއައި ގާބިލްކަން ހުންނާނެ އެވެ. މި ފީޗާތަކަކީ އެޕަލްގެ އެންމެ ފަހުގެ އޮފާތައް ހިމެނޭ ގޮތަށް މިހާރު ބާޒާރުގައި ލިބެން ހުރި ހުރިހާ ފީޗާތަކަށް ވުރެ މާ މޮޅު ފީޗާތަކެއް ކަމަށް ބެލެވެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ވާވޭގެ ސްޕްރިންގް ނިއު ޕްރޮޑަކްޓް ލޯންޗް އިވެންޓުގައި އެ ކުންފުނިން ވަނީ ވާވޭ ޕީ60 ސީރީޒް , މެޓް އެކްސް3 , އެންޖޯއި 60 , ވާވޭ ވޮޗް އަލްޓިމޭޓް އަދި އެހެނިހެން ޑިވައިސްތައް ލޯންޗުކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވާވޭ ޑިވައިސް ބީޖީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހެ ގޭންގް ބައްދަލުވުމަށް ފަހު މީޑިއާ ސުވާލު ޖަވާބުގައި ވިދާޅުވީ އަހަރެމެން (ހުވާވޭ) އާ ފޯނުތައް ނެރުމާއެކު އެޕަލްގެ މާކެޓް ހިއްސާ ދަށްވާނެ ކަމަށެވެ.

ހަގީގަތުގައި ވާވޭގެ އެންމެ ފަހުގެ މަސައްކަތުން ސާބިތުކޮށްދެނީ އައިފޯނަށް ވުރެ މޮޅު އެތައް ލެވެލްތަކެއްގެ ތަޖުރިބާ ލިބިފައިވާ ކަމަށެވެ. މިސާލަކަށް ވާވޭގެ މޯބައިލް ފޯނުގެ ސިގްނަލް އާއި ލެޓެންސީ އައިފޯން 14 ޕްރޯ މެކްސް އަށް ވުރެ މާ ރަނގަޅު ކަމަށާއި އެއީ ލިންގްސީގެ ކޮމިއުނިކޭޝަން ޓެކްގެ ސަބަބުން ކަމަށް ބައެއް ރިޕޯޓްތަކުން އެނގެއެވެ.

“ވާވޭ އަކީ އަބަދުވެސް އިނޮވޭޝަންގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެންމެ ފަހުން ނެރުނު ވާވޭގެ ފޯނަކީ ވެސް އެއިން އަލަށް ނެރޭ ފޯނާ ގާތްވެސް ކުރާނެ ފޯނެއްނޫން،” “އަހަރެމެންގެ އާ ފޯނުތަކަކީ މި އިންޑަސްޓްރީގައި ގޭމް ޗޭންޖަރަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް، އެ ކުންފުނީގެ ތަރުޖަމާނު ވިދާޅުވި އެވެ.

މިކަން އިއުލާނުކޮށްފައި މިވަނީ ސެމްސަންގް އަދި ޝިއޯމީ ފަދަ ސްމާޓްފޯން އުފައްދާ އެހެން ކުންފުނިތަކުގެ ބޮޑު ވާދަވެރިކަމެއް އެޕަލް އަށް މިހާރުވެސް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް އެ ކުންފުނީގެ ސަޕޯޓަރުންގެ ވަފާތެރި ފޮލޯވިންއެއް އޮތް އިރު، އެ މީހުންގެ ނެކްސްޓް ޖެނެރޭޝަންގެ އައިފޯންތައް މި އަހަރުގެ ފަހުކޮޅު ނެރޭނެ ކަމަށް ގިނަބަޔަކު ދަނީ އިންތިޒާރު ކުރަމުން ނެވެ.

ވާވޭގެ ހިތްވަރުގަދަ ވާހަކަތައް ހަގީގަތަކަށް ވާނެތޯ ބަލަން ޖެހޭ އިރު، ސްމާޓްފޯން މާކެޓުގައި ދަނީ ވާދަވެރިކަން އިތުރުވަމުން ނެވެ. އާ ޓެކްނޮލޮޖީތައް ކޮންމެ ވަގުތަކު ވެސް އުފެދިގެން އަންނައިރު، ކުންފުނިތައް ތިބެން ޖެހޭނީ އެ ވަގުތަކަށް އިންތިޒާރުކޮށް ކޮށެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close