ނަރަވެލިރިޕޯޓްޓެކްނޮލޮޖީ

އިންޓަނެޓްގެ ނުރައްކަލުން ކުޑަކުދިން ރައްކާތެރި ކުރުމަށް ޕޭރަންޓް ކޮންޓްރޯލް އެޕް ބޭނުން ކުރުން

އިންޓަނެޓަކީ އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ އެންމެ ބޮޑު ބައެއްގެ ގޮތުގައި މިވަނީ ވެފަ އެވެ. މިއަދު ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަކީ ޓެކްނޮލޮޖީއަށް ލޯބިކުރާ ބަޔަކަށް ވާއިރު، އެކުދިންގެ ގިނަ ވަގުތުތައް ހޭދަކުރަނީ އޮންލައިންގައެވެ. އެއީ އިޖުތިމާއީ ގޮތުން ވިޔަސް، މުނިފޫހިފިލުވުމަށް ވިޔަސް، ނުވަތަ ތައުލީމަށް ވިޔަސް މެއެވެ.

އިންޓަނެޓަކީ އަގުހުރި ވަސީލަތަކަށް ވިޔަސް، އޭގެ ސަބަބުން އަޅުގަނޑުމެންނަށް މިވަނީ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިފައެވެ. ހާއްސަކޮށް ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންނަށް ސައިބާރ ބްލީކުރުމާއި، އިންޓަނެޓް މެދުވެރިކޮށް ކުރާ ތަފާތު ގޯނާތަކުގެ ސަބަބުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ އެވެ. އެހެންކަމުން މިފަދަ ނުރައްކާތަކުން ކުދިން ހިމާޔަތްކުރުމަށް ބެލެނިވެރިންގެ ކޮންޓްރޯލް އެޕްލިކޭޝަންތައް ބޭނުންކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މި ލިޔުމުގައި އަލިއަޅުވައިލާނަމެވެ.

ޕޭރެންޓަލް ކޮންޓްރޯލް އެޕްލިކޭޝަންތައް މުހިންމު ވަނީ ކީއްވެ؟

ކުދިންގެ އުމުރާއި ނުގުޅޭ ވީޑިއޯތަކުން ފެށިގެން ސައިބާ ބުލީން އަދި އޮންލައިން ޝިކާރަވެރިންނާ ހަމައަށް އިންޓަނެޓަކީ ގެއްލުން ހުރި ކޮންޓެންޓުން ފުރިފައިވާ އެއްޗެކެވެ. އޮންލައިންކޮށް ރަނގަޅަށް މޮނިޓާ ނުކުރާ ކުދިންނަށް މިފަދަ ކޮންޓެންޓަށް ފަސޭހައިން ވަދެވި، އެ ކޮންޓެންޓްގެ ޝިކާރައަކަށްވެ، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ދާއިމީ އަދި ގެއްލުންހުރި އަސަރުތަކެއް ކޮށްފާނެ އެވެ. މީގެ އިތުރުން އޮންލައިން ކޮށް ހިންގާ ހަރަކާތްތަކުގެ ސަބަބުން ހަގީގީ ދުނިޔޭގައި އޭގެ ތެރޭގައި އެކަޑަމިކް އަންޑައެޗީވްމަންޓާއި އެޑިކްޝަން އަދި ޖިނާއީ ހަރަކާތްތައް ވެސް ހިމެނެ އެވެ.

ޕޭރެންޓަލް ކޮންޓްރޯލް އެޕްލިކޭޝަންތަކަކީ ބެލެނިވެރިން ނަށް ދަރިންގެ އޮންލައިން ހަރަކާތްތައް މޮނިޓާކޮށް ބެލެހެއްޓުމަށް އެހީތެރިވެދޭ އެޕްލިކޭޝަންތަކެކެވެ. މިފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން އެކުދިން ނުރަނގަޅު ކޮންޓެންޓަށް ވަނުން ލިމިޓްކޮށް، ސޯޝަލް މީޑިއާ އާއި މެސެޖިން އެޕްލިކޭޝަންތައް މޮނިޓާކޮށް، ދަރިންގެ ޖިސްމާނީ ލޮކޭޝަން ވެސް ޓްރެކް ކުރެވޭނެ އެވެ. މިކަމުގެ ސަބަބުން ދަރިންނަށް ގެއްލުންހުރި ކޮންޓެންޓްގެ ޝިކާރައަކަށްވުން ހުއްޓުވައި، އޮންލައިން ޝިކާރަވެރިންގެ ކިބައިން ރައްކާތެރިވެ، ދުޅަހެޔޮ އިންޓަނެޓް އާދަތައް ކުރިއެރުވުމަށް މަގުފަހިވެގެންދެއެވެ.

ޕޭރެންޓަލް ކޮންޓްރޯލް އެޕްލިކޭޝަންތައް މަސައްކަތްކުރާ ގޮތް

ބެލެނިވެރިންގެ ކޮންޓްރޯލް އެޕްލިކޭޝަންތައް މަސައްކަތް ކުރަނީ ދަރިންގެ އޮންލައިން ހަރަކާތްތަކަށް ބެލެނިވެރިން ނަށް އުސޫލާއި ހުރަސްތައް ކަނޑައެޅުމުގެ ފުރުސަތު ދީގެންނެވެ. އޭގެ ތެރޭގައި ވަކި އެޕްތައް ނުވަތަ ވެބްސައިޓްތަކަށް ވަގުތު ކަނޑައެޅުމާއި، ވަކި ބާވަތެއްގެ ކޮންޓެންޓަށް ވަނުމަށް ހުރަސް އެޅުމާއި، ވަކި ފަރާތްތަކާ މުއާމަލާތް ކުރުން ވެސް ހިމެނެ އެވެ. އަދި ބައެއް އެޕްލިކޭޝަންތަކުން ބެލެނިވެރިންނަށް ރިއަލް ޓައިމް އެލާޓްތަކާއި ރިޕޯޓްތައް ފޯރުކޮށްދީ، ދަރިންގެ ހަރަކާތްތައް ޓްރެކްކޮށް، ކުރިމަތިވެދާނެ ނުރައްކާތަކަށް އަވަސް އިޖާބަ ދިނުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ.

އެކި ބާވަތްތަކުގެ ޕޭރެންޓަލް ކޮންޓްރޯލް އެޕްލިކޭޝަން

ޕެރެންޓަލް ކޮންޓްރޯލް އެޕްލިކޭޝަންތަކުގެ ތަފާތު ބާވަތްތައް ލިބެން ހުންނައިރު، އެއިން ކޮންމެ އެޕްލިކޭޝަނެއްގައި ވެސް އެއް އެޕްލިކޭޝަނާއި، އަނެއް އެޕްލިކޭޝަންގައި ތަފާތުތަކެއް ހުރުމާއެކު އޭގެ އަމިއްލަ ސިފަތަކެއް ހުރެ އެވެ. ބައެއް އެޕްލިކޭޝަންތައް ހާއްސަކޮށް މޮބައިލް ޑިވައިސްތަކަށް ފަރުމާކޮށްފައިވާއިރު އަނެއް ބައި އެޕްލިކޭޝަންތަކަކީ ގިނަ ޕްލެޓްފޯމްތަކުގައި މަސައްކަތް ކުރާ އެޕްލިކޭޝަންތަކެކެވެ. ބައެއް އެޕްލިކޭޝަންތަކަށް ހިލޭ އެޕްލިކޭޝަން ލިބޭއިރު އަނެއް ބައި އެޕްލިކޭޝަންތަކަށް ސަބްސްކްރިޕްޝަން ފީއެއް ދައްކަން ޖެހެ އެވެ.

ބެލެނިވެރިންގެ ކޮންޓްރޯލް އެޕްލިކޭޝަންތަކުގެ ތެރެއިން ބައެއް އެޕްތައް:

ކުސްޓޯޑިއޯ:

މިއީ ކޮމްޕިއުޓަރު، ސްމާޓްފޯން އަދި ޓެބްލެޓް ފަދަ ގިނަ ޑިވައިސްތަކުން ދަރިންގެ އޮންލައިން ހަރަކާތްތައް ބެލެނިވެރިންނަށް ބެލޭނެ ކޮމްޕްރިހެންސިވް ޕޭރެންޓަލް ކޮންޓްރޯލް އެޕްލިކޭޝަނެކެވެ.  ކުސްޓޯޑިއޯގައި ކޮންޓެންޓް ފިލްޓަރ ކުރުމާއި ޓައިމް ލިމިޓް އަދި ސޯޝަލް މީޑިއާ މޮނިޓަރިން ފަދަ ފީޗާތައް ހިމެނެ އެވެ.

ނޯޓަން ފެމިލީ:

މިއީ ނުރަނގަޅު ކޮންޓެންޓް ބްލޮކްކޮށް، ވަގުތު ކަނޑައެޅުމާއި، ދަރިންގެ އޮންލައިން ހަރަކާތްތައް މޮނިޓާ ކުރެވޭނެ ޕޭރެންޓަލް ކޮންޓްރޯލް އެޕްލިކޭޝަނެކެވެ. ނޯޓަން ފެމިލީއިން ލޮކޭޝަން ޓްރެކިން އާއި އިންސްޓަންޓް އެލާޓްތައް ވެސް ފޯރުކޮށްދެ އެވެ.

ކެސްޕާސްކީ ސޭފް ކިޑްސް:

މިއީ ކޮންޓެންޓް ފިލްޓަރިން، ޓައިމް ލިމިޓް އަދި ސޯޝަލް މީޑިއާ މޮނިޓަރިން ފަދަ ކުދިންގެ އޮންލައިން ހަރަކާތްތައް ބެލެނިވެރިންނަށް ބެލެހެއްޓޭނެ ހިލޭ ޕޭރެންޓަލް ކޮންޓްރޯލް އެޕްލިކޭޝަނެކެވެ.

ނެޓް ނެނީ:

މިއީ ނާތަހުޒީބު ކޮންޓެންޓް ބްލޮކްކޮށް، ވަގުތު ކަނޑައެޅުމާއި، ދަރިންގެ އޮންލައިން ހަރަކާތްތައް މޮނިޓާ ކުރެވޭނެ ޕޭރެންޓަލް ކޮންޓްރޯލް އެޕްލިކޭޝަނެކެވެ. ނެޓް ނެނީއިން ލޮކޭޝަން ޓްރެކިން އާއި އިންސްޓަންޓް އެލާޓްތައް ވެސް ލިބެން ހުންނާނެ އެވެ.

އިންޓަނެޓަކީ އުނގެނުމާއި، މުޖުތަމައުގައި އުޅުމާއި މުނިފޫހިފިލުވުމަށް ވަރަށް ރަނގަޅު ވަސީލަތަކަށް ވެދާނެއެވެ. ނަމަވެސް އޭގެ ސަބަބުން ކުޑަކުދިންނަށް ވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާކަމީ ހަޤީޤަތެކެވެ. ޕޭރެންޓަލް ކޮންޓްރޯލް އެޕްލިކޭޝަންތައް ބޭނުންކޮށްގެން މައިންބަފައިންނަށް ދަރިންނަށް ގެއްލުންހުރި ކޮންޓެންޓާއި އޮންލައިން ޝިކާރަވެރިންނާއި ސިއްހަތަށް ނުރަނގަޅު އިންޓަނެޓް އާދަތަކުން ދަރިން ސަލާމަތް ކޮށްދެއެވެ. ތަފާތު އެތައް އޮޕްޝަނެއް ލިބެން ހުރުމުން، އޮންލައިންކޮށް ދަރިން ރައްކާތެރިކޮށް ބެހެއްޓުމަށް ބެލެނިވެރިން މި އަގުހުރި ވަސީލަތްތަކުގެ ބޭނުން ނުހިފަންވީ ސަބަބެއް ނެތެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close