ޓެކްނޮލޮޖީ

ޓްވިޓާގެ ސީއީއޯ ޑީލް ޑިޕޮސިޝަން ކުރު މުއްދަތަކަށް ކެންސަލް ކުރުމުން އެލޮން މާސްކްގެ ގާނޫނީ ޓީމު މާޔޫސްވެއްޖެ

ޓްވިޓާގެ ސީއީއޯ ޕަރަގް އަގްރާވާލް އެލޮން މާސްކްއާ ދެކޮޅަށް އޭނާގެ ކުންފުނިން ކުރި ދައުވާގެ ތެރެއިން ޝެޑިއުލް ކޮށްފައިވާ ޑިޕޮސިޝަނެއް ކުރު މުއްދަތަކަށް ކެންސަލް ކުރުމުން ބިލިއަނަރުގެ ގާނޫނީ ޓީމު މާޔޫސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޓްވިޓާގެ ސީއީއޯއާ އިންޓަވިއު ކުރުމަށް ހަމަޖެހިފައިވަނީ ހޯމަ ދުވަހު ސެން ފްރެންސިސްކޯގައެވެ. އެއީ އެތާންގެ ގަޑިން ހެނދުނު 9 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ ޑިޕޮސިޝަންގަ އެވެ. އަގްރާވާލްއާ ދިގުކޮށް ސުވާލު ކުރަން ޖެހުނީ ކުއިން އިމަނުއެލް އުރްކުހާޓް އެންޑް ސުލިވާންގެ ޕާޓްނަރެއް ކަމަށްވާ މާސްކްގެ ނިއުޔޯކުގައި ހުންނަ ވަކީލު އެލެކްސް ސްޕައިރޯ އެވެ. ހުކުރު ދުވަހު ޓްވިޓާގެ ވަކީލުން ވަނީ “އަމިއްލަ ސަބަބުތަކެއް” ފާހަގަކޮށް އަގްރަވާލްގެ ހުކުމް ބާތިލް ކުރުމަށް މާސްކްގެ ފަރާތުން އީމެއިލްކޮށްފަ އެވެ. ހުކުމް ކުރުން އަލުން ތާވަލު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް އާ ތާރީހެއް އަދި ނުނިންމާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ކުއްލިއަކަށް ރީޝެޑިއުލް ކުރުމާއި އަގްރާވާލްގެ “ނޯ ޝޯ” ކަމަށް ތުހުމަތު ކުރުމުން ޓްވިޓާ އާއި މާސްކް ކޯޓުން ބޭރުގައި އެއްބަސްވުމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ބެލެވޭ ކަމަށް ޝައްކުތަކެއް އުފެދުނެވެ.

44 ބިލިއަން ޑޮލަރުގެ ގާނޫނީ ހަނގުރާމައިގައި މިހާތަނަށް ކުރެވުނު ބައެއް ޑިޕޮސިޝަންތައް ވާޗުއަލްކޮށް ނުވަތަ ވީޑިއޯ ކޮންފަރެންސްގެ ތެރެއިން ކުރީގެ ސީއީއޯ ޖެކް ޑޯސީ ފަދައިން ކޮށްފައިވާއިރު، މާސްކްގެ ފަރާތުން ޑިމާންޑް ކުރީ އަގްރަވާލްއާ އަމިއްލައަށް އިންޓަވިއު ކުރުމަށް ކަމަށް ބުނެވެ އެވެ.

މި ދައުވާއަކީ އޭޕްރީލް މަހު އެއްބަސްވި ޝަރުތުތަކުގެ މަތިން މާސްކް ކުންފުނި ގަތުމަށް ހުށަހެޅި ޝަރުތުތަކާއި ޓްވިޓަރއިން ޚިލާފުވެފައިވާތީ ކުރާދައުވާއެއް ކަމަށް ވަކީލުން ބުނެއެވެ.  ސައްހަ ޔޫޒަރ އެކައުންޓްތަކުގެ މައުލޫމާތު އާންމުންނަށް އޮޅުވާލި ކަމަށާއި، ބޮޑުތަނުން ޓްވިޓާގައި މަކަރު ހަދާފައިވާ ކަމަށް މަސްކްގެ ވަކީލުން ތުހުމަތު ކުރެއެވެ. އަދި ފަސް ދުވަހުގެ ޝަރީއަތެއް އޮކްޓޯބަރު މަހުގެ 17 ވަނަ ހަފްތާގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close