ޓެކްނޮލޮޖީ ވީޗެޓް މިނީ ޕްރޮގްރާމް ޗައިނާގައި ބޭނުންކުރާ މީހުންގެ އަދަދު 450 މިލިއަނަށް އަރައިފި

ވީޗެޓް މިނީ ޕްރޮގްރާމް ޗައިނާގައި ބޭނުންކުރާ މީހުންގެ އަދަދު 450 މިލިއަނަށް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޓެންސެންޓްގެ ވީޗެޓް މިނީ ޕްރޮގްރާމް ޗައިނާގައި ދުވާލެއްގެ މައްޗަށް ބޭނުންކުރާ މީހުން މިދިޔަ އަހަރު 13 ޕަސަންޓް އިތުރުވެ 450 މިލިއަނަށް އެރި އެވެ.

ގުއާންޒޫ، ޗައިނާ: ޗައިނާގެ ބޭރުގައި ވީޗެޓްގެ ނަމުން މަޝްހޫރުވެފައިވާ ޗައިނާގެ ގަދަރުވެރި މެސެޖިން އެޕް ކަމަށްވާ ޓެންސެންޓް ހޯލްޑިންގްސްގެ ވެއިކްސިން އިން ބުރާސްފަތި ދުވަހު ބުނީ 2021 ވަނަ އަހަރު އެ ގައުމުގެ މިނީ ޕްރޮގްރާމްތަކަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އެކްޓިވް ޔޫޒަރުން450 މިލިއަނަށް އެރި ކަމަށެވެ.

މިއެޕްލިކޭޝަންވަނީ 2020 ވަނަ އަހަރާއި ހަމައަށް ހުރި 13 އިންސައްތައިގެ ކުރިއެރުން 33 އިންސައްތައިގެ ކުރިއެރުމަކަށް މިހާރު ބަދަލުވެފައެވެ.

އެޕަލް އިންކްގެ އައިއޯއެސް އަދި ގޫގުލްގެ އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްތަކުގައި އެޕްތައް ފަދައިން ގިނަ ބަޔަކު ބަލާ އަދި އޮޕަރޭޓް ކުރާ މިނީ ޕްރޮގްރާމްތަކަކީ ޑޭޓާ އިންޓެންސިވް މަދު ނަމަވެސް، ޓެންސެންޓްގެ އީ-ކޮމާސް އޮޕަރޭޝަންތައް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

ވެއިކްސިން އިތުރަށް ވިދާޅުވީ، ފާއިތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޗައިނާއިން ބޭރުގައި ވިޔަފާރިކުރާ ފަރާތްތަކުން ހިންގާ އެކްޓިވް މިނީ ޕްރޮގްރާމްތަކުގެ އަދަދު 268 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، އެ ޕްރޮގްރާމްތައް މެދުވެރިކޮށް ޖުމްލަ ޓްރާންސެކްޝަން ވޮލިއުމްތައް 897 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

ގުއަންޒޫގައި ބޭއްވި އެ ކުންފުނީގެ އަހަރީ ޑިވެލޮޕަރސް ކޮންފަރެންސްގައި ވެސް ބުނީ 700 މިލިއަނަށްވުރެ ގިނަ ޔޫޒަރުން ވަނީ މިނީ ޕްރޮގްރާމްތައް ބޭނުންކޮށްފައި ކަމަށެވެ.

ޓެންސެންޓް ގެ އާމްދަނީ 3 ވަނަ ކުއާޓަރުގައި 13 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މިއީ 2004 ވަނަ އަހަރު އާންމުންގެ ތެރެއަށް ނުކުތް ފަހުން އެންމެ ދަށް ކުރިއެރުމެވެ.

ޓެގް

ވީޗެޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.