ޓެކްނޮލޮޖީ 44 ބިލިއަން ޑޮލަރަށް އީލޮން މަސްކްއަށް ކުންފުނި ވިއްކާލިކަން ޓްވިޓާއިން ކަށަވަރުކޮށްދީިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިފި

44 ބިލިއަން ޑޮލަރަށް އީލޮން މަސްކްއަށް ކުންފުނި ވިއްކާލިކަން ޓްވިޓާއިން ކަށަވަރުކޮށްދީިިިިިިިިިިިިިިިިިިިިިިިިިިިިިިިިިިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބިލިއަނަރު ވިޔަފާރިވެރިޔާ އީލޮން މަސްކްއަށް 44 ބިލިއަން ޑޮލަރުގެ އަގުހުރި ޑީލެއްގައި އެ ޕްލެޓްފޯމް ވިއްކާލިކަން ޓްވިޓާއިން ކަށަވަރުކޮށްދީފިއެވެ.

މި ސޭލް ވެގެން ދިޔައީ ސޯޝަލް މީޑިއާ ނެޓްވޯކް ޕްރައިވެޓް ކޮށް ނެގުމަށް މަސްކް ކުރި މަސައްކަތަށް ހުރަސް އަޅަމުންދިޔަ ޓްވިޓަރ ބޯޑަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދިޔަ ކަމަކަށެވެ.
“މިނިވަން ޚިޔާލަކީ ހަރަކާތްތެރި ޑިމޮކްރެސީއެއްގެ އަސާސް، ޓްވިޓާއަކީ ޑިޖިޓަލް ޓައުން ސްކޮޔާ، އެ މައިދާނަކީ އިންސާނިއްޔަތުގެ މުސްތަގުބަލަށް މުހިންމު ކަންތައްތަކާ މެދު ބަހުސް ކުރެވޭ ތަނެއް،” ޓްވިޓާރގެ ވެރިކަމާ ހަވާލުވެވަޑައިގެންނެގެވުން އިއުލާން ކުރައްވަމުން މަސްކް ނެރުއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވި އެވެ.
މިދިޔަ ހަފްތާގެ ކުރީކޮޅު މަސްކް ވަނީ ޓްވިޓަރގެ ބޮޑު ހިއްސާއެއް ނަގާފަ އެވެ.

ޓްވިޓާ ބޯޑްޗެއާ ބްރެޓް ޓެއިލަރ ވިދާޅުވީ، “އީލޮންގެ ހުށަހެޅުން ވަޒަންކުރުމަށް ވިސްނުންތެރިކަމާއި ވަށާޖެހޭ ޕްރޮސެސްއެއް އެ ބޮޑީން ކުރިއަށް ގެންދިޔައީ، އަގު، ޔަގީންކަން، އަދި ފައިނޭންސިންއަށް ގަސްދުގައި ފޯކަސް ކޮށްގެން” ކަމަށެވެ.

“މި ޕްރޮޕޯސަލް ޓްރާންސެކްޝަންގެ ސަބަބުން ފުދޭވަރެއްގެ ކޭޝް ޕްރިމިއަމްއެއް ލިބޭނެ، އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިއީ ޓްވިޓާގެ ސްޓޮކް ހޯލްޑަރުންނަށް ކުރިއަށް ދިއުމަށް އޮތް އެންމެ ރަނގަޅު މަގު.” ބްރެޓް ވިދާޅުވިއެވެ.

ޓެގް

އީލޮން މަސްކް ޓްވިޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.