ޚަބަރު އެލްޖީއޭ ބޯޑުގެ އިންތިޚާބު ކާމިޔާބުކޮށް ޕީއެންސީގެ ކެންޑިޑޭޓުން ބޯޑުން ޖާގަ ހޯދައިފި

އެލްޖީއޭ ބޯޑުގެ އިންތިޚާބު ކާމިޔާބުކޮށް ޕީއެންސީގެ ކެންޑިޑޭޓުން ބޯޑުން ޖާގަ ހޯދައިފި

އެލްޖީއޭ ބޯޑުގެ އިންތިޚާބު ކާމިޔާބުކޮށް ޕީއެންސީގެ ކެންޑިޑޭޓުން ބޯޑުން ޖާގަ ހޯދައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރަށު ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުން ތަމްސީލުކުރުމަށް މިއަދު ބޭއްވި އިންތިޚާބުގެ ދެ ގޮނޑި ވެސް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދިޔަ މި ވޯޓުލުމުގައި، ރަށު ކައުންސިލްތަކުގެ ގޮނޑި ކާމިޔާބުކުރެއްވީ ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދެވެ. ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަލީ އަހުމަދު 312 ވޯޓު ހޯއްދެވިއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ނ. މަނަދޫ ކައުންސިލްގެ ރައީސް އަލީ ޒާފިރަށް ލިބިވަޑައިގަތީ 229 ވޯޓެވެ.

ޑަބްލިއުޑީސީތަކުގެ ރައީސުން ތަމްސީލުކުރާ މަގާމު ޕީއެންސީއަށް ކާމިޔާބުކޮށްދެއްވީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ. ޒީނާ 79 ވޯޓު ހޯއްދެވިއިރު، އެމްޑީޕީގެ ފަރާތުން މި މަގާމަށް ކުރިމަތިލެއްވި ލ. ގަމު ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ނީނާއަށް ލިބިވަޑައިގަތީ 53 ވޯޓެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުން ހިމެނޭހެން ޖުމްލަ 807 މީހަކަށް ލިބިފައިވެއެވެ.

މި އިންތިޚާބުގައި ސިޓީ ކައުންސިލްތަކުގެ ފަރާތުން ބޯޑަށް އިންތިޚާބުކުރަން ޖެހޭ މަގާމަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް އެކަނި ކަމަށްވާތީ، އޭނާ ވަނީ ވޯޓަކާ ނުލައި މީގެ ކުރިން އިންތިޚާބުވެވަޑައިގެންފައެވެ. މީގެއިތުރުން، މިދިޔަ އޮގަސްޓު މަހު ރައްޔިތުންގެ މަޖިލީހުން ވަނީ ޖެންޑާ އީކުއަލިޓީގެ ދާއިރާއިން އާއިޝަތު އާރިފާ އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މުހައްމަދު އާރިފް ވެސް މި ބޯޑަށް އައްޔަންކޮށްފައެވެ.

ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރިޔާސަތު ބަލަހައްޓަވާ އެލްޖީއޭ ބޯޑުގެ ނައިބު ރައީސަކީ ފާތިމަތު ނިއުމާއެވެ. އަދި ސީއީއޯގެ މަގާމުގައި މުހައްމަދު ނިމާލް ހުންނެވިއިރު، ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ ފާތިމަތު ޒީނާ އަލީ، މުހައްމަދު އާޒާދު އަދި އަޒްހާ ޟަމީރެވެ.

ޓެގް

އެލްޖީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.