ޚަބަރު

ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވަރ ތައާރަފު ކޮށްފި!

ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 1 ނޮވެމްބަރ 2021 އިން ފެށިގެން ޑޭޓާ ރޯލްއޯވަރ ތައާރަފު ކޮށްފިއެވެ.
ޑޭޓާ ރޯލްއޯވަރ ތައާރަފު ކުރުމާއެކު، އޮކްޓޫބަރު މަސް ނިމިގެންދިއައިރު ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ޕެކެޖުގައި ބޭނުން ނުކޮށް ހުރި ހުރިހާ އެލަވަންސެއް ވާނީ ނޮވެމްބަރު މަހުގެ އެލަވަންސްއާއި އެކު ހިމަނާފައެވެ.

އެހެންކަމުން ކުރިއައް އޮތްތާންގައިވެސް އެ މަހެއްގައި ބޭނުން ނުކުރެވި ހުންނަ އިތުރު އެލަވަންސް ޖެހިގެން އަންނަ މަހުގެ އެލަވެންސްއާއިއެކު ހިމެނިގެންދާނެއެވެ.

މި ރޯލް އޯވަރ ކުރެވޭ ޑޭޓާ ބޭނުންކުރެވޭނީ އެއް މަސްދުވަހުގެ މުއްދަތަށެވެ. މިއީ ދިރާގު ހޯމް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު ހަރަދަކައިނުލައި އިތުރު ޑޭޓާ ބޭނުންކޮށްލުމަށް ލިބިގެންދާ ރަނގަޅު ފުރުސަތެކެވެ.
ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯވެސްމެއެވެ.

އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 65 ރަށެއް ހިމެނެއެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންގެ ޑިޖިޓަލތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭ ގޮތަށް ޕެކޭޖްތައް ފަރުމާކޮށް ޚިދުމަތްތައް ތައާރަފުކުރުމަށެވެ.

އިރުތު މައުލޫމާތު ހޯދުމަށް http://bit.ly/3GBUuxf

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close