ޚަބަރު ތަފާތު ވަންނި ލައްވާފައި ހުންނަ ބޯޑުތައް ޖަހައިގެން 1 އޮކްޓޯބަރުގެ ފަހުން ނުދުއްވޭނެ: ފުލުހުން

ތަފާތު ވަންނި ލައްވާފައި ހުންނަ ބޯޑުތައް ޖަހައިގެން 1 އޮކްޓޯބަރުގެ ފަހުން ނުދުއްވޭނެ: ފުލުހުން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތަފާތު ވަންނި ވަންނި ލައްވާފައި ހުންނަ ބޯޑުތައް ޖަހައިގެން 1 އޮކްޓޯބަރުގެ ފަހުން ނުދުއްވޭނެއެވެ. ފުލުހުން މަގުތަކަށް ނުކުމެ އެފަދަ މީހުން މިހާރުވެސް ބަލައި ފާސްކުރަމުން އެބަދެއެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށްބަހައްޓަން ޓްރާންސްޕޯޓް މިނިސްޓްރީން އަންގާފައިވާއިރު އެ ގޮތަށް އަމަލުނުކުރާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން މިއަދު ބުނެފައެވެ.

އެއްގަމުގައި ދުއްވާ އިންޖީނުލީ ބައެއް އުޅަނދުތަކުގައި ހަރުކޮށްފައި ހުންނަ ނަންބަރު ބޯޑު ހަދާފައި ހުންނަނީ ”އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދު“ ގައި ވާ ގޮތަށް ނޫން ކަމަށާއި، ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑާއި އެއްގޮތަށް ނަންބަރު ބޯޑު ބެހެއްޓުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވަނީ އަންގާފައެވެ.

ފުލުހުން މިއަދު ބުނީ އަންނަ އޮކްޓޯބަރުމަހުގެ 01 ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރި ވަމުންދާނެ ކަމަށެވެ. އަދި އެ ދުވަހު ފެށިގެން ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާ މެދު ގަވާއިދުން ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

ޓެގް

ޓްރާންސްޕޯޓް ޕޮލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.