ޚަބަރު

އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތިލުމަށް ހުޅުވާލައިފި


ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އެތެރޭގެ ސިޔާސަތުތައް ހަރުދަނާ ކުރުމުގެ ގޮތުން ގެނެވޭ ބަދަލުތަކުގެ ތެރެއިން އެޕާޓީގައި އަލަށް އުފައްދާ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

އެޕާޓީން ބުނެފައިވަނީ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެޕާޓީން ކަނޑައަޅާފައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ހަމަވާ މެމްބަރުން އެކަމަށްއެދި ހުށަހެޅުމަށް ހުޅުވާލާފައިވާކަމަށެވެ. ފޯމު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިމަހުގެ 16 ވަނަ ދުވަހާއި ހަމައަށެވެ.

މިމަޤާމަށް ކުރިމަތިލެވޭ ޝަރުޠުތައް:
1- އިސްލާމިކް ޔުނިވަރސިޓީއަކުން ތައުލިމީ ސެޓްފުކެޓެއް ލިބިފައިވުން ނުވަތަ އެފެންވަރަށް ކިޔަވާފައިވާކަމުގެ ލިޔުމެއް އިސްލާމިކް ޔުނިވަރސިޓީއަކުން ލިބިފައިވުން،
2- އިސްލާމްދީން ކިޔަވައި ދިނުމުގެ ހުއްދަ ލިބިފައިވުން
3- ދީނީ ތަޤުރީރުކުރުމުގެ ހުއްދަ ލިބިފައިވުން
4- ހާފިޒުކަމުގެ ސަނަދުއޮތުން
5- އިމާމްކޯހުން ނުވަތަ ޤާޟީކޯހުން ފާސްވެފައިވުން

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ އިސްލާމް ދީނުގެ މަޝްވަރާ މަޖިލިހަށް ކުރިމަތިލާ ފަރާތްތަކުން ލިންކްގައިވާ ގޫގުލް ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ޕާސްޕޯޓް ފޮޓޯއަކާއި، އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި އެކު އެޓެސްޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީވެސް ހުށަހެޅުމަށް ވަނީ ދަންނަވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close