ޚަބަރު ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށްނެގި ދެމީހަކު ހައްޔަރުކޮށްފި

ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށްނެގި ދެމީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޑުއަތޮޅު ރިސޯޓަކުން ވަގަށް، ބަނގުރާފުޅިތަކެއް ނެގި މައްސަލައިގައި ދެ ބިދޭސީޔަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދެ ފިރިހެނުންނެވެ. އެއީ 23 އަހަރުގެ މީހަކާއި 34 އަހަރުގެ މީހެކެވެ/

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އައްޑުއަތޮޅު ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނަގާފައިވާކަމަށް އޮކްޓޯބަރ 31 ވަނަ ދުވަހު ހުށަހެޅި މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ވަގަށްނެގި ހަ ފުޅި ބަނގުރާ ފުލުހުންވަނީ ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ޓެގް

ބަނގުރާ ރިސޯޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.