ޚަބަރުވިޔަފާރި

ދުނިޔޭގެ މާކެޓްގައި އެޕަލް ކުންފުނީގެ މައްޗަށް މައިކްރޯސޮފްޓުން ބޮޑު ކުރިއެރުމެއް ހޯދައިފި

މީގެ ކުރިން ދުނިޔޭގެ ރަސްގެފާނުގެ ގޮތުގައި އޮތް އެޕަލް ކުންފުނީގެ މައްޗަށް ކުރިހޯދައި މައިކްރޯސޮފްޓް އަކީ އާންމުންގެ މެދުގައި ވިޔަފާރި ކުރާ ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަށް ވެއްޖެ އެވެ.

މިއަހަރު އެޕަލް އަށްވުރެ މައްޗަށް އަރައިގެން ދުނިޔޭގެ އެންމެ އަގުބޮޑު ޕަބްލިކް ޓްރޭޑް ކުންފުންޏަކަށް މައިކްރޯސޮފްޓް ވެފައިވާއިރު މައިކްރޯސޮފްޓްގެ މާކެޓް ކެޕްޓަލްގެ ގޮތުގައި 2.49 ޓްރިލިއަން ޑޮލަރުގެ ފައިދާއެއް ވަނީ ލިބިފައެވެ. އެޕަލް އަށް ލިބިފައިވަނީ 2.49 ޓްރިލިއަން ޑޮލަރެވެ.

އެޕަލް އަށް ސަޕްލައި ޗިޕްލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން އެ ކުންފުނީގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ވޯލް ސްޓްރީޓްގެ އުއްމީދުތައް ވަނީ އެޕަލް އަށް ގެއްލިފައެވެ.

އެޕަލްގެ ސީއީއޯ ޓިމް ކުކް ސީއެންބީސީއަށް ވިދާޅުވީ އާމްދަނީ ދަށްވާނެ ކަމަށް ލަފާކުރެވެނީ 6 ބިލިއަން ޑޮލަރު ކަމަށާއި ނަމަވެސް ޑިސެމްބަރު ކުއާޓަރުގައި ސަޕްލައި ޗެއިންގެ މައްސަލަތައް އިތުރަށް ގޯސްވާނެ ކަމަށް ލަފާކުރައްވާ ކަމަށެވެ.

އެ ކުންފުނީގައި އައިފޯން ސޭލްސް 47 ޕަސެންޓް މައްޗަށް ދިޔަ ނަމަވެސް އެނަލިސްޓްން ލަފާކުރި ވަރަށް ވުރެ ވެސް އެހެނިހެން ވިޔަފާރި ދަށަށް ދިޔަ އެވެ. އެ ކުންފުނީގެ ހަތަރު ވަނަ ކުއާޓަރުގައި ހަމައެކަނި ހިމަނާފައި ވަނީ އައިފޯން 13 ގެ ސޭލްސްގެ ކުޑަ ދުވަސްކޮޅެކެވެ.

މައިކްރޯސޮފްޓް ގެ މާލީ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ އެކްސްޕެކްޓޭޝަންތަކަށްވުރެ ގާތްގަނޑަކަށް 22 ޕަސެންޓް ވަނީ ކުރި އަރައިފަ އެވެ. އެއީ 2018 ވަނަ އަހަރުގެ ފަހުން އެންމެ ބާރަށް ކުރިއަރަމުން އައި ކުރިއެރުން ކަމަށް ސީއެންބީސީން ވަނީ ރިޕޯޓުކޮށްފަ އެވެ.

އެޕަލް އަކީ އެއް ޓްރިލިއަން ޑޮލަރާއި ދެ ޓްރިލިއަން ޑޮލަރުގެ މާކެޓް ކެޕަކަށް ދިޔަ ފުރަތަމަ ކުންފުންޏެވެ. މިއީ މިދިޔަ އަހަރު މާކެޓް ކެޕްގައި ސައުދީ އަރަބިއްޔާގެ އަރަމްކޯ އަށް ވުރެ މައްޗަށް އަރައިގެން ދިޔަ އިރު، އާންމުންގެ މެދުގައި ވިޔަފާރި ކުރި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏެވެ.

މައިކްރޯސޮފްޓް އިން އެންމެ ފަހުން އެޕަލް އަށް ވުރެ މައްޗަށް އަރައިގެން ދިޔައީ 2020 ވަނަ އަހަރު އެވެ.

ފަސް ދުވަހުގެ ތެރޭގައި ވިންޑޯޒް އަށް ފުރަތަމަ ބޮޑު އަޕްޑޭޓެއް ގެނައުމަށް ފަހު، ޖޫން މަހު އެކުންފުނިވަނީ ދެ ޓްރިލިއަން ޑޮލަރުގެ މާކެޓް ކެޕަކަށް ވުރެ މަތީގައި ކަމަށް ވެސް އެ ރިޕޯޓްތައް ބުނެ އެވެ.

އެހެންކަމުން މައިކްރޯސޮފްޓްގެ ސްޓޮކް މިއަދާ ހަމައަށް ގާތްގަނޑަކަށް 47 ޕަސެންޓް މައްޗަށް ގޮސްފައިވާއިރު، އެޕަލްގެ ސްޓޮކް ހުރީ ގާތްގަނޑަކަށް 11 ޕަސެންޓް ގަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close