ޚަބަރު ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ފުރިހަމަ ބާރު އޮތީ ދައުލަތަށް، 99 އަހަރު ފަހުން ވިއްކޭނީ ސަރުކާރަށް: ރައީސް

ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ފުރިހަމަ ބާރު އޮތީ ދައުލަތަށް، 99 އަހަރު ފަހުން ވިއްކޭނީ ސަރުކާރަށް: ރައީސް

ރަސްމާލޭގެ ޕްރޮޕަޓީތަކުގެ ފުރިހަމަ ބާރު އޮތީ ދައުލަތަށް، 99 އަހަރު ފަހުން ވިއްކޭނީ ސަރުކާރަށް: ރައީސް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރަސްމާލޭގައި އީގަލް ހިލްސްއިން ކުރިއަށްގެންދާ އިންވެސްޓްމަންޓް މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ އެއްވެސް ތަނެއްގެ ކޮންޓްރޯލް ދިވެހި ދައުލަތުގެ އަތުން ނުގެއްލޭނެ ކަމަށާއި، 99 އަހަރުގެ މުއްދަތު ހަމަވުމުން އެ ތަންތަން އަލުން ގަނެވޭނީ ހަމައެކަނި ސަރުކާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރަސްމާލެއިން ދޫކުރާ ޕްރޮޕަޓީތައް 99 އަހަރަށް ގަންނަ ފަރާތްތަކަށް އެ މުއްދަތު ހަމަވުމުން އަމިއްލައަށް އެއްބަސްވުން އައުނުކުރެވޭނެ ކަމަށެވެ. އަދި އެ މުއްދަތު ހަމަވުމުން އެ ތަނެއް އެހެން ފަރާތަކަށް ވިއްކުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށާއި، އެ ތަންތަން ވިއްކަންޖެހޭނީ ސަރުކާރަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މިފަދަ މުޢާމަލާތްތަކުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ފައިދާއަކާއި އިތުރު އާމްދަނީއެއް ލިބިގެންދާނެއެވެ. އަދި 99 އަހަރުގެ މުއްދަތަށްފަހު އެ ތަންތަން އެހެން ފަރާތަކަށް ދޫކުރަން ބޭނުންނަމަ، އެކަން ކުރާނީ ފުރިހަމަ އިޚްތިޔާރާއެކު ދިވެހި ސަރުކާރުން ކަމަށްވެސް ވިދާޅުވިއެވެ.

ހުޅުމާލެ ތަރައްޤީކުރެވުނުއިރު ކުރިއާލައި ރޭވުންތެރިކަން ކުޑަވުމުގެ ސަބަބުން، މީހުން ދިރިއުޅެން ފެށުމުގެ ކުރިން އެކަށީގެންވާ ބޮޑެތި އިންވެސްޓްމަންޓްތައް ގެނެވިފައި ނުވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، ރަސްމާލެ މަޝްރޫޢު ކުރިއަށްގެންދަނީ އެފަދަ މައްސަލަތަކަށް ޙައްލު ހޯދައިގެން ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުން އެ ތަނުގައި ދިރިއުޅެން ފެށުމުގެ ކުރިން ބޭނުންވާ ޚިދުމަތްތަކާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް ވިދާޅުވިއެވެ.

ސިޔާސީ ބޭނުމަށްޓަކައި ބައެއް ފަރާތްތަކުން މި މަޝްރޫޢާމެދު ޙަޤީޤަތް އޮޅުވާލަން މަސައްކަތްކުރި ނަމަވެސް، ސަރުކާރުން އަބަދުވެސް ރައްޔިތުންނަށް ތެދު މަޢުލޫމާތު ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި މި މަޝްރޫޢުގެ އެއްވެސް އެއްބަސްވުމެއް ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ ޚިލާފަށް ކުރިއަށް ނުދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.