ޚަބަރު 10 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ރައީސް މުޢިއްޒު ފުރާވަޑައިގެންފި

10 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ރައީސް މުޢިއްޒު ފުރާވަޑައިގެންފި

10 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ރައީސް މުޢިއްޒު ފުރާވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ޤައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

މިއީ ވޭތުވެދިޔަ ދިހަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ މިފަދަ ފުރަތަމަ ދަތުރުފުޅެވެ.

މި މަހުގެ 22 ގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ރައީސް އާޞިފް ޢަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި އެ ޤައުމުގެ ސަރުކާރުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވާނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތު ދެ ލީޑަރުން ޝަރަފުވެރިކޮށްދެއްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ދައުލަތުގެ އިސްވެރިން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅު މި ހަމަޖެހުނީ 26 ޖުލައި 1966 ގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ. ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން "ދިވެހިރާއްޖެ އިސްކުރުން" ނުވަތަ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން، އަވައްޓެހި އަދި އިސްލާމީ ޤައުމުތަކާއެކު އޮންނަ ޒަމާންވީ އެކުވެރި ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ޤައުމުގެ ތަރައްޤީއަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށް އަންނަނީ އިސްކަންދެމުންނެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.