ޚަބަރު އިމާރާތްތަކުގައި ރޯކުރަން ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

އިމާރާތްތަކުގައި ރޯކުރަން ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

އިމާރާތްތަކުގައި ރޯކުރަން ގޮވާލި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދައުލަތުގެ ތިން ބާރު ތަމްސީލުކުރާ މުހިންމު އިދާރާތަކެއްގެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލުމަށް ހިއްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ތަހުގީގުކުރަން ފަށައިފިއެވެ. މި މައްސަލައިގައި ފުލުހުން ފިޔަވަޅު އެޅުމަށް ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން ދަނީ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޒިހާން ޙަސަނާ ގުޅޭގޮތުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، ޙަސަން ޒިހާންގެ ނަމުގައި ހިންގާ ފޭސްބުކް އެކައުންޓަކުން ހިއްސާކުރި ސްޓޭޓަސްއެއް ފުލުހުންގެ ސަމާލުކަމަށް އައުމާ ގުޅިގެން، އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަށްޓަކައި ކުރަންޖެހޭ ތަހުގީގީ މަސައްކަތްތައް މިހާރު ދަނީ ހިންގަމުންނެވެ.

ފޭސްބުކްގައި ކުރި އެ ޕޯސްޓުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދާފައިވެއެވެ. އަދި އެ ތަންތަނުގައި އަލިފާން ރޯކޮށްލުމަކީ މަޖާ ކަމަކަށް ވާނެ ކަމަށް ބުނެފައިވީ ނަމަވެސް، އެ ސްޓޭޓަސް ޝާއިއުކުރިތާ ގަޑިއެއްހާއިރުގެ ތެރޭގައި ވަނީ އަމިއްލައަށް ޑިލީޓްކޮށްލާފައެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ނޭވަލް އާކިޓެކްޓެއް ކަމަށްވާ ޒިހާނަކީ އެމްއެންޑީއެފްގެ ކުރީގެ ފަސްޓް ލެފްޓިނަންޓެކެވެ. ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައި ސިފައިންގެ ޚިދުމަތުން އޭނާ ވަކިކުރީ އޭރުގެ ސަރުކާރަށް ފާޑުކިޔުމުން ކަމަށް އޭނާގެ ގާތް ފަރާތްތަކުން އޭރު ބުނެފައިވެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު އޭނާއަށް ދެއްވާފައެވެ. ނަމަވެސް ފަހުން އެ މަގާމުން ވަކިކުރުމާ ގުޅިގެން، އޭނާ ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި މިހާރުގެ ސަރުކާރަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޓެގް

ޓެރަރިޒަމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.