ޚަބަރު

ހ.ދޮންޖޭމުގެއާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހެންވޭރު ދޮންޖޭމުގެއާގޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައި ވަނީ ހ. ދޮންޖޭމުގެއާގޭ 5ވަނަ ފަންގިފިލާގައެވެ.

އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު އިން ހަރަކާތްތެރި ވަމުން އަންނައިރު، އެގެއިން މީހުން ވެސް ދަނީ ހުސްކުރަމުންނެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު “ދެން” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެގޭގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލައިފައިވާ ކަމަށެވެ. އަދި ރޯވީ މާ ބޮޑު އަލިފާންގަނޑެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މެންދުރު 1:27 ގައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ހ.ދޮންޖޭމުގެއާގެ އަކީ ކުރީގެ ހޯމްމިނިސްޓަރ އުމަރު ނަސީރު ވެސް ދިރިއުޅުއްވާ ގެކޮޅެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close