ޚަބަރު

ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ އިސްބޭފުޅުންގެ ޓީމެއް ގދ އަދި އައްޑޫސިޓީއަށް ފުރައިފި

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް “މަވެސް ޕީޕީއެމް”ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ އިސްބޭފުޅުންގެ ޓީމެއް ގދ އަދި އައްޑޫސިޓީއަށް މިއަދު ފުރައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން އައްޑުސިޓީ އާއި ގދ. އަތޮޅަށް ފުރާފައިވަނީ ދެ ޓީމެއްގެ ގޮތުގަ އެވެ.

މި ދެ ޓީމެއް ފުރުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތ. ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން ވިދާޅުވީ 2023 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމާ ހަވާލުވާ އިރު، ރައްޔިތުން ބޭނުންވަނީ ކޮންކަންތައްތަކެއްތޯ މި ދަތުރުތަކުގެ ތެރެއިން ބަލާނެ ކަމަށެެވެ.

“މިއަދު ކުރިމަތިވެފައިވާ މާޔޫސްކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނި ގޮތަކީ 2023ގައި ރައީސް ޔާމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަތުން.” ގައްސާން ވިދާޅުވި އެވެ.

މި ދަތުރުގައި ބައިވެރިވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މި ދަތުރުތަކަކީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ގާތުން ބެލުމަށް ކުރާ މި ދަތުރުތަކުގައި އެ ކޯލިޝަނަށް މެމްބަރުން އިތުރުކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ގދ. އަށް ކުރާ ދަތުރުގައި ގައްދޫ އަށާއި ފަރެސްމާތޮޑާ ދާއިރާއަށް ދިއުމަށް ނިންމާފައިވާ އިރު، އައްޑުސިޓީގެ ހުރިހާ ރަށަކަށް ދިއުމަށް ވަނީ ނިންމާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close