ޚަބަރު ރައީސް ޑރ. މުޢިއްޒަށް ޕާކިސްތާނުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ރައީސް ޑރ. މުޢިއްޒަށް ޕާކިސްތާނުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ރައީސް ޑރ. މުޢިއްޒަށް ޕާކިސްތާނުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދަޢުވަތަކަށް އެ ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، ބޮޑުވަޒީރުގެ ރަސްމީ ގެކޮޅުގައި މިއަދު ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ޝަރަފުގައި ގާޑް އޮފް އޮނަރެއް އެރުވިއިރު، އެމަނިކުފާނު ވަނީ އެ ގެކޮޅުގެ ގޯތިތެރޭގައި ހަނދާނީ ގަހެއްވެސް އިންދަވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި، ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ މި ދަތުރުފުޅަކީ، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ވެރިއަކު އެ ޤައުމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރުއެވެ. މި ދަތުރުފުޅު މި ކުރައްވަނީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށެވެ.

މި ދަތުރުފުޅުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާ އެކު މަތީ ފަންތީގެ ރަސްމީ ވާހަކަތައް ކުރިއަށްދާނެއެވެ. އެ ޤައުމުގެ މީޑިއާތަކާއި ފޮރިން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ވިޔަފާރިއާއި، ޞިއްޙަތު، ތަޢުލީމު، ފަތުރުވެރިކަން، ވައިގެ ދަތުރުފަތުރު އަދި ދިފާޢީ ދާއިރާ ހިމެނޭހެން މުހިންމު 12 އެއްބަސްވުމެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ފުޅާކުރުމަށްޓަކައި 300 އެއްހާ މަންދޫބުން ބައިވެރިވާ ބޮޑު ބިޒްނަސް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވަނީ ވިދާޅުވެފައެވެ. މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅަކީ ދެ ޤައުމުގެ ޒަމާންވީ އެކުވެރިކަން އާ އުސްމިންތަކަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖެ - ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.