ޚަބަރު

ޓުއާ ގައިޑަކަށް ވެގެން ފަތުރުވެރިއެއްގެ ފައިސާތަކެއް ވަގަށްނަގައިފި

ޓުއާ ގައިޑަކަށް ވެގެން ފަތުރުވެރިއެއްގެ ފައިސާތަކެއް ވަގަށްނެގި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

އެ މީހާގެ ފޮޓޯވަނީ ފުލުހުން ޢާއްމު ކޮށްފައެވެ.

ފުލުހުން ބުނީ، އެ މީހާއަކީ ޓުއާ ގައިޑެއްކަަމަށް ބުނެ ފަތުރުވިޔަކަށް ހިދުމަތް ދީ އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. އަދި މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައި ނުވާތީ އެ މީހާ އަދި ހޯދިފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާ ފައިސާތައް ވަގަށްނަގާފައި ވަނީ، ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތު ކަމަށާއި މިހާތަނަށް ތަހުގީގުގައި ކުރެވުނު މަސައްކަތުން ތުހުމަތު ކުރެވޭ މިހާއަކީ ބަނގްލަދޭޝް މީހެއްކަން ވަނީ އެނގިފާ ކަމަށެވެ.

ފުލުހުން ވަނީ މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިފައިވާ ފަރާތެއްވާނަމަ ޓޫރިސްޓް ޕޮލިސްގެ ނަންބަރު 9790070 އަށް ގުޅާ އެ މައުލޫމާތެއް ހިއްސާކުރަން އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެއް ކޮމެންޓް

  1. ރައްޔިތުންގެ ފަރާތުން ކޮން އެއްބާރު ލުމެއް. ފުރަތަމަ ޤަވާއިދާ ޚިލާފަށް އުޅޭ ތިމީހުން ރާއްޖެއިން ބޭރުކުރަން ރައްޔިތުންނަށް އެއްބާރުކުން ދީބަލަ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close