ޚަބަރު

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީ އިން މިއަދު ވަކިވެވަޑައިގެންފި

ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން މިއަދު ވަކިވެވަޑައިގެންފިއެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަށް ފޮނުއްވި ކުރު ސިޓީއެއްގައި ރިޔާޒް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި އާ ސިޔާސީ ޕާޓީއެއް އުފައްދައިގެން ދިވެހި ގައުމަށާއި ހިދުމަތް ކުރަން ބޭނުންވާތީ ޖޭޕީން ވަކިވީ ކަމަށެވެ.

މިއީ ރިޔާޒް ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ކަމަށް އާންމުކޮށް ވިދާޅުވި ފުރަތަމަ ފަހަރެވެ. ނަމަވެސް އޭނާއާ ގާތްގުޅުމެއް އޮންނަ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)އާ ދެބޭފުޅުން ވެގެން ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާ ކަމުގެ އަޑުތައް ފެތުރުނުތާ ދުވަސްތަކެއް ވެއްޖެ އެވެ. ދެބޭފުޅުންވެސް އެވާހަކަ ވަނީ ކުރިން ދޮގުކުރެއްވާފައެވެ.

ރިޔާޒް އާއި ނާޒިމް އިސްވެ ތިއްބަވައިގެން އުފައްދަވާ ޕާޓީއާއި މަޖިލިސް މެމްބަރުންތަކެއް ގުޅޭނެކަމަށްވެސް ވަނީ އަޑުތަކެއް ފެތުރިފައެވެ. ބައެއް މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި ޕާޓީ ރަޖިސްޓްރީ ކުރުމަށް ވައްދާއިރު ވެސް މަޖްލިސްގެ 12 މެމްބަރަކު އެޕާޓީއަށް ސޮއިކުރައްވާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close