ދެ މަޤާމުގައި ހުރެގެން ކަންބޮޑުވުން ފާޅުކޮށް، އެވާހަކަ ދައްކާމީހުން އެ ދައްކަނީ ދައްކާނެ ވާހަކައެއް ނެތިގެނެއް ނޫން – ކުރީގެ އުއްތަމަ ފަނޑިޔާރު
ފޮރިން މިނިސްޓަރުގެ މަގާމުގައި ހުރެ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ހުންނަވާތީ ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން އެކަންކުރަނީ ދައްކާނެ ވާހަކައެއް ނެތިގެނެއް ނޫން ކަމަށާއި، އެއީ ޞައްޙަ ދުސްތޫރީ އަދި ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް، ދައްކާ ވާހަކަތަކެއް ކަމުގައި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވެ ވެފައިވަނީ ފޮރިން މިނިސްޓަރުގެ މަގާމުގައި ހުރެ އދގެ އާންމު މަޖިލީގުގެ ރައީސްގެ މަގާމުގައި ހުރުމުން އެކަމާ ކަންބޮޑުވުން ފާޅުކުރަނީ ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެ މަޤާމުގައި ހުރެގެން ކަންބޮޑުވުން ފާޅުކުރާ ފަރާތްތަކުން އެކަންކުރަނީ ޞައްޙަ ދުސްތޫރީ އަދި ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާކޮށް، ކަމަށެވެ. އެވާހަކަ ދައްކަނީ ދައްކާނެ ވާހަކައެއް ނެތިގެނެއް ނޫން ކަމަށެވެ.
ޑރ.ޑީޑީ ވިދާޅުވީ އދ. ޢާންމު މަޖިލީހުގެ ރައީސްކަން ވަރަށް ގިނަ ޤައުމުގެ ތަކުގެ ޚާރިޖީ ވަޒީރުން، ޚާރިޖީ ވަޒީރުކަމުގެ މަޤާމުގައި ދެމިތިބެ ކުރައްވާފައިވާ ކަމަށް ދޭހަވާގޮތަށް ވިދާޅުވެފައިވަނީ ޙަޤީޤަތާ ޚިލާފަށް ކަމަށެވެ. ޚާރިޖީ ވަޒީރުކަމުގެ މަޤާމުގައި ހުރެ، UNGA ގެ ރައީސްކަމަށް ހޮވިފައިވަނީ ދެތިން ޤައުމެއްގެ ޚާރިޖީ ވަޒީރުން، އެ ބޭފުޅުން އެ މަޤާމަށް ހޮވި ވަޑައިގަތުމުން ޚާރިޖީ ވަޒީރުކަމުގެ މަޤާމަށް “އެކްޓިން” ވަޒީރުން އެ ޤައުމުތަކުގެ ދުސްތޫރީ ނިޒާމުތަކާ އެއްގޮތަށް ޢައްޔަން ކުރެވުނުކަން އެނގެން އޮންނަކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އދގެ އާންމު މަޖިލީހުގެ ރައީސްކަން ވަރަށް ގިނަ ގައުމުތަކުގެ ހާރިޖީ ވަޒީރުން ކުރައްވާފައިވާކަމަށެވެ. އަދި ރާއްޖޭގެ އެކި މަގާމުތަކުގައި އެކި ދުވަސްވަރު ތިއްބެވި ބޭބޭފުޅުން ބޭރުގެ އެކި މަގާމުތައް ފުރުއްވާފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އެކި މަޤާމުތަކުގައި އެކިދުވަސްވަރު ތިއްބެވި ބޭޭބޭފުޅުން ބޭރުގެ އެކި މަޤާމުތައް ފުރުއްވާފައިވާކަން ފާހަގަ ކުރައްވާފައިވާއިރު، ދައުލަތުގެ މަޤާމެއް ފުރުއްވާ ބޭފުޅަކު ބައިނަލް އަޤުވާމީ އިދާރާ/ކޮމިޓީ އެއްގެ ދާއިމީކޮށް ޙާޒިރުވެ ހުންނަން ނުޖެހޭ ޕްރޮފެޝަނަލް މަޤާމެއްގައި ހުރުމަކީ ދުސްތޫރީގޮތުން ފުށު އަރާކަމެއް ނޫންކަމެއްކަމަށްވެސް ޑރ.ޑީޑީ ވިދާޅުވިއެވެ.
އދ ގެ އާންމު މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގައި އަބްދުﷲ ޝާހިދަށް ނުހުންނެވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ. މިނިސްޓަރު ޝާހިދަށް ދެ މަގާމުގައި ހުންނެވޭނެތޯ ގާނޫނީ ބޮޑު ބަހުސެއް ދަނީ ހިނގަމުންނެވެ. ބައެއް ގާނޫނީ ވަކީލުންނާއި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ޝާހިދަށް ދެ މަގާމުގައި ނުހުންނެވޭނެ ކަމަށް ވިދާޅުވެ އެކަމުގެ ގާނޫނީ ހުއްޖަކު ދައްކަވަމުންނެވެ.

