ޚަބަރު

އާސަންދައިގެ ނަމުގައި އޮޅުވާލައިގެން ޒާތީ މަޢުލޫމާތު އެއްކުރާ މައްސަލަތަކެއް ފެންމަތިވެއްޖެ

އާސަންދައިގެ ނަމުގައި އޮޅުވާލައިގެން ޒާތީ މަޢުލޫމާތު އެއްކުރާ މައްސަލަތަކެއް ފާހަގަ ކުރެވިއްޖެއެވެ.
އެހެންކަމުން އެކަމަށް ސަމާލުވުމަށް އާސަންދައިގެ ފަރާތުން މިހާރުވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.

އާސަންދައިން ބުނީ އެ ކުންފުނީގެ ނަމުގައި މެސެޖުކޮށް ފޭކް ވެބް ޕޭޖުތަކާއި ލިންކްތައް މެދުވެރިކޮށް އޮޅުވާލައިގެން ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އާސަންދައާ ގުޅުންހުރި ވެބް ލިންކްތައް ނިމޭނީ aasandha.mv އިން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންކަމުން ސްކޭމަރުންނާމެދު ސަމާލުވެ އެއްވެސް ޒާތީ މަޢުލޫމާތެއް ނުވަތަ ޕާސްވޯޑެއް ހާމަނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޝައްކުވާފަދަ ނުވަތަ އޮޅުންއަރާފަދަ ކަމެއް ދިމާވެއްޖެނަމަ 1400 އަށް ގުޅައި މަޢުލޫމާތު ސާފުކުރުމަށް އާސަންދައިން ވަނީ އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close