ޚަބަރު

18 އަހަރުގެ ޒުވާނަކު ސްނޯކްލިންއަށް ގޮސްއުޅެނިކޮށް ނިޔާވެއްޖެ

ޢުމުރުން 18 އަހަރުގެ ދިވެހި ޒުވާނަކު ސްނޯކްލިންއަށް ގޮސްއުޅެނިކޮށް ނިޔާވެއްޖެއެވެ.


މިއަދު ހަވީރު ހިނގި މިހާދިސާގައި ނިޔާވެފައިވަނީ މާފުށިވަރު ރިސޯޓްގައި މަސައްކަތްކުރަމުންދާ ރ.އިނގުރައިދުއަށް ނިސްބަތްވާ ނިޝާހް ޢަބުދުލް ޣަފޫރުކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.


ފުލުހުންވެސް މިކަން ވަނީ ކަށަވަރު ކޮށްދީފައެވެ.


ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ މާފުށިވަރު ރިސޯޓްގައި މަސައްކަތްކުރަމުންދާ ދިވެހި ފިރިހެނަކު ސްނޯކްލިންއަށް ފައިބާ އުޅެނިކޮށް ހާލުދެރަވެގެން އދ.މަހެބަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށާއި، ފަރުވާ ދެމުން ދަނިކޮށް އޭނާ ނިޔާވެފައިވާ ކަމަށެވެ.


މި ހާދިސާއާއި ގުޅިގެންއިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިސަލް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close